އެންމެ ފަހުން އީލަން މާސްކް ޓްވިޓާގެ ކޮންޓްރޯލް ނަގައިފި
ދެންމެ | 28 އޮކްޓޯބަރ 2022

އެންމެ ފަހުން 44 ބިލިއަން ޑޮލަރުގެ ޑީލް ފުރިހަމަކޮށް އީލަން މާސްކް ޓްވިޓާގެ ކޮންޓްރޯލް ނަގައިފި އެވެ.

ޓްވިޓާ އިންވެސްޓަރ ރޮސް ގަރބަރ ވަނީ ޓްވިޓަރ ގަތުމަށް އީލަން މަސްކާއި ޓްވިޓަރ އާއި ދެމެދު އެއްބަސްވުން ފުރިހަމަކޮށްފައިވާކަން ބީބީސީއަށް ކަަށަވަރުކޮަށްދީފައިވެއެވެ. ޓްވިޓަރ ގަތުމަށް 44 މިލިއަން ޑޮލަރުގެ އެއްބަސްވުމަަކަށް އާދެވިފައިވަނީ، ޕްރޮޕޯސަލް ހުށައެޅިގޮތަށް މި ޑީލް ނުހަދައިފިނަމަ، ޓްވިޓަރ އިން އީލަން މަސްކާއި ދެކޮޅަށް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތްތައް ޝެޑިއުލް ކުރާނެ ކަމުގެ އިންޒާރު ދީފައި އޮއްވައެވެ.

އަދި މިޑީލް ފުރިހަމަކޮށް ޓްވިޓަރ ގަނެފައިވާކަން އީލަން ވަނީ ޓްވީޓަރ މެދުވެރިކޮަށް އިއުލާންވެސް ކޮށްފައެވެ.

ޓްވިޓަރގެ ބާރުތައް އީލަން މަސްކަށް ލިބުމާއެކު ޓްވިޓަރގެ ސީއީއޯ އާއި ޗީފް ފައިނޭންޝަލް އޮފިސަރާއި ކުންފުނީގެ ޖެނެރަލް ކައުންސެލް ވަނީ މަގާމުން ވަކިވެފައެވެ. ބައެއް ރިޕޯޓުތައް ތުހުމަތު ކުރާ ގޮތުގައި ޓްވިޓަރގެ ބާރުތައް ލިބުމާއެކު އީލަން މަސްކް ވަނީ ޓްވިޓަރގެ ސީއީއޯ އާއި ޗީފް ފައިނޭންޝަލް އޮފިސަރާއި ކުންފުނީގެ ޖެނެރަލް ކައުންސެލް މަގާމުގައި ތިބި މީހުން މަގާމުތަކުން ވަކިކޮށްފައެވެ.

މީގެއިތުރުން، ޓްވިޓާގެ ކޯ ފައުންޑަރު ބިޒް ސްޓޯން ވަނީ ޓްވިޓަރ ކުންފުންޏަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދިން، ޓްވިޓަރގެ ސީއީއޯ ޕަރާގް އަގަރްވާލް އާއި ޗީފް ފައިނޭންޝަލް އޮފިސަރ ނެޑް ސެގަލް އަދި ކުންފުނީގެ ޖެނެރަލް ކައުންސެލް ވިޖާޔާ ގައްޑޭ އަށް ޝުކުރު އަދާކޮށްފައެވެ.

ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރު އީލަން މަސްކް، ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާ ގަތުމާ މެދު ހިޔާލު ތަފާތުވިނަމަވެސް، މީގެ މަސްތަކެއް ކުރިން ޓްވިޓާ ގަތުމަށް ހުށަހެޅި އަގު ދައްކަން އީލަން ވަނީ މިހިނގާ އޮކްޓޯބަރ މަހު ކުރީކޮޅު އެއްބަސްވެފައެވެ. އީލަން މަސްކް މިފަދަ ނިންމުމެއް ނިންމައިފައިވަނީ، ޓްވިޓަރ ގަތުމާ ބެހޭގޮތުން އީލަން ހުށައެޅި ހުށައެޅުން ވަކިކޮޅެއްގައި ނުޖެހި ޓްވިޓަރ އިން އީލަން މަސްކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުޅައަޅާފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!