އެމްޑީޕީ ދޫކޮށް، ހިތާދޫ ކައުންސިލް ރައީސް ޑިމޮކްރެޓިކުންނާއި ގުޅިއްޖެ
ދެންމެ | 19 އޯގަސްޓް 2023

އެމްޑީޕީ ދޫކޮށް ބ. ހިތާދޫ ކައުންސިލް ރައީސް އަބުދުލް އަޒީޒު ޑިމޮކްރެޓިކުންނާއި ގުޅިއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އެޕާޓީގެ ރަނިންގ މޭޓް ހުސެން އަމުރް އެވެ.

ފޯމް ހަވާލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ކައުންސިލް ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް އިބުރޭ ވެރިކަމަށް ގެނައީ ވަރަށް ބޮޑެތި ގުރުބާނީތަކެއްގެ ތެރެއިން ކަމަށެވެ.

“ އަނެއްކާ ވެސް އަޅުގަނޑުމެން މި ނިކުތީ ގެނެވުނު ވެރިކަން ކަމު ނުގޮސްގެން ރައްޔިތުންނަށް ފައިދާ ހުރި ވެރިކަމެއް ގާއިމް ކުރުމުގެ މަސައްކަތުގައި. ސީދާ ސުމަކުން.“ އޭނާ ވިދާޅުވި އެވެ.

އިންތިހާބު ބޯމަތިވެފައިވާއިރު ރައީސް އިބުރޭ އާއި އެމްޑީޕީ ދޫކޮށް ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ދަނީ ޑިމޮކްރެޓުންނާއި ގުޅެމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!