އެމްޓީސީސީއިން އިލިކްޓްރިކް ހަ ބަސް މާލެ ގެނެސްފި
ދެންމެ | 08 ނޮވެމްބަރ 2022

 

އެމްޓީސީސީން މިއަދު ބުނީ، މާލޭގައި ދުއްވާ ފްލީޓަށް އަލަށް ގެނެސްފައިވަނީ އިލެކްޓްރިކް 6 ބަސް ކަމަށާއި އެ ބަސްތައް މިހާރު ގެންގުޅޭ ބަސްތަކަށްވުރެ ސައިޒުގެ ގޮތުން ކުޑަވާނެ ކަމަށެވެ.އެ ކުންފުނިން ބުނީ، ބަސްތައް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު އާރްޓީއެލް މިނީ ބަހުގެ ހިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

ޖުމްލަ 15 މީހުންގެ ޖާގައިގެ އެ ބަސްތަކުގައި ފަތްޖެހޭ ދެ ގޮނޑި ހިމެނޭހެން 11 ގޮނޑިއަކާއި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެއީ ހިމަ މަގުތަކުގައި ވެސް ދުއްވަން އެކަށީގެންވާ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!