ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ: މެޓް
ދެންމެ | 07 ޖުލައި 2022

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުން އާދީއްތަ ދުވަހަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމުކޮށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

މީގެއިތުރުން ހޯމަ އަދި އަންގާރަ ދުވަހު އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ކުރިއަށް އޮތީ އައަޟުޙާ އީދުގެ ބަންދު ދުވަސްތަކެެވެ. އަޟުޙާ އީދާއި ދިމާކޮށް ވަރަށް ގިނަ ބަޔަކު ރަށްރަށައް ދަތުރުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!