ޓެކްސް ބޮޑުކޮށްގެން ރައްޔިތުންނަށް ވާނެ ގެއްލުމެއް، ދައްޗެއް ނޯންނާނެ: ފައްޔާޒު
ދެންމެ | 14 ނޮވެމްބަރ 2022

ރާއްޖެއަށް އަންނަ ފަތުވެރިންނަށް ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީ-ޖީއެސްޓީ ބޮޑުކުރިނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ބަގުރޫޓް ވިޔަފާރިވެރިޔާ އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއާއި އެއް ފަންތީގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް ކުޑަކަމަށެވެ. އެގޮތުން ރާއްޖެއާއި އެއް ފަންތީގެ އެހެން ޤައުމުތަކުގައި ޓީޖީއެސްޓީ ހުރީ އެވްރެޖްކޮށް 16 އިންސައްތައިގައި ކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެއަށް އަންނަ ފަތުވެރިންނަށް ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީ-ޖީއެސްޓީ ބޮޑުކުރިނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެކަމަށް ގަބޫލުނުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

”ގެސްޓު މީހާ މިތަނަށް އައިސް 5000 ޑޮލަރު ޚަރަދުކުރާއިރުގައި، އިތުރު 50 ޑޮލަރު ދައްކަން ޖެހިގެން ނައިސް ހުންނާނެ ކަމަށް ގަބޫލުކުރައްވަންތޯ، ކޮންމެވެސް ވަރަކަށް ގެސްޓުހައުސް ވިޔަފާރިއަށް ހިޓުވާނެ، ވަރަށް ކުޑަ އިފެކްޓެއް ކުރާނީ،“ ބަގުރޫޓު ވިޔަފާރިވެރިޔާ  ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ދަނޑިވަޅުގައި ޓެކުހަށް މިފަދަ ބަދަލެއް ގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ކަރަންޓަށް ސަރުކާރުން ދެމުންދާ ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެފައިވާތީކަމަށެވެ. އަދި ރައްޔިތުންނަށް ސަބްސިޑީ ދެވޭނީ ޓެކްސްއަށް ބަދަލު ގެނެސްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!