ރައީސް ސޯލިހަކީ ގަމާރު ރޯނު އެދުރެއް ނޫން: ރޮޒައިނާ ފިރިކަލުން
ދެންމެ | 28 އޮކްޓޯބަރ 2022

ރައީސް ޞާލިޙަކީ ޑިސިޝަން ނަންގަވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ރައީސް ސޯލިހަކީ ގަމާރު ރޯނު އެދުރެއް ނޫން ކަމަށް ރޮޒައިނާގެ ފިރިކަލުން އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ ކޮންމެ މީހަކަށްވެސް މޮޅުވާހަކަ ދެއްކިދާނެ ކަމަށާއި ރޯނު އެދުރަކަށްވެގެންވެސް އުޅެވިދާނެ ކަމަށެވެ.

ނަމަވެސް ރައީސް ޞާލިޙަކީ ތަފާތު ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ކަންކަމުގައި ގޮތްނިންމަވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ނާޝިޒް ވިދާޅުވިއެވެ. އަދި ރައީސްގެ ނިންމެވުންތަކަކީ ކަންކަމުގެ މާހިރުންގެ ލަފަޔާއި އެހެނިހެން ޤައުމުތަކުން ކޮށްފައިވާ ތަޖުރިބާގެ އަލީގައި ނިންމަވާ ނިންމެވުންތަކެއް ކަމަށް ނާޝިޒް ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ އަކީ ވަރަށްކެރޭ ވަރަށް ބްރޭވް ބޭފުޅެއް. ކޮންމެ ކަމެއްގަވެސް ނިންމަވަންޖެހޭ ޑިސިޝަން ނަންގަވާ.“ ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙަކީ އަމިއްލަފުޅަށް ހުރިހާކަމެއްގެ ތެރެއަށް ވަންނަވައި ޕަރސަނަލް ލެވަލްގައި މައްސަލަތައް މެނޭޖް ކުރަށްވާ ބޭފުޅެއްކަމަށެވެ. އަދި މި ޤައުމު އިޤްތިޞާދީގޮތުން އިތުރުހަރުފަތަކަށް ކުރިއަށް ގެންދެވޭނީ ރައީސް ޞާލިޙަށް ކަމަށްވެސް ނާޝިޒް ރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!