ޓެކްސް ބިލަށް ވޯޓަށް އަހާނެ ކޯރަމް ސަރުކާރަށް ހަމަ ނުވެ، މަޖިލިސް ނިންމާލައިފި
ދެންމެ | 14 ނޮވެމްބަރ 2022

ޓެކްސް ބިލްއަށް ވޯޓަށް އަހާނެ ކޯރަމް ސަރުކާރަށް ހަމަނުވެ މިއަދުގެ ޖަލްސާގައި ނިންމާލައިފި އެވެ.

މަޖިލިސް ރިޔާސަތުގައި ހުންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޓެކްސް ބިލަށް ވޯޓަށް އޮތް އަދަދަށް މަޖިލިސް ކޯރަމް ހަމަ ނުވާ ކަމަށެވެ. އަދި މިއަދު ޖަލްސާ ނިންމާލެއްވިކަން ވެސް އަފީފް ވަނީ އިއުލާން ކުރައްވާފަ އެވެ.

ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް ރައްޔިތުން ގެންދަނީ މުޒާހަރާ ވެސް ކުރަމުން ނެވެ. މިގޮތުން މުޒާހަރާގެ ބައިވެރިންނަށް މަޖިލިސް ކުރާގެ އާއި ކައިރި ނުވެވޭނެ ގޮތައް ފުލުހުން މަޖިލީހުގެ ވަށައިގެން ހަރަކާތްތެރިވަމުން އެބަދެއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށާއި އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރުމަށެވެ. މިބިލް މިއަދު ފާސްކޮށް އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!