އަންހެނުން އިއްދައިން ކެނޑުމާއި ޒުވާން ފިރިހެނުން ބޭނުންވުން
ދެންމެ | 17 ނޮވެމްބަރ 2022

އިއްދައިން ކެނޑުމޭ ބުނަނީ އަންހެނުންގެ މައްސަރު ކަންތައް ޖެހުން ހުއްޓޭތާ އެއް އަހަރު ވުމުންނެވެ. ކޮންމެ އަންހެނަކީ ތަފާތު އަންހެނެއްކަމުން އެކި އަންހެނުންނަށް މިކަން ކުރިމަތިވަނީ އެކި އުމުރުގައެވެ. ކޮންމެ އުމުރެއްގައި މިކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް މިކަމުގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލު ތަކެއް އަންނާނެއެވެ.

ހަށިގަނޑުގައި ހުންނަން ޖެހޭ ”އެސްޓްރޮޖެން“ އަދި ”ޕްރޮޖެސްޓެރޯން“ އުފައްދާ މިންވަރު ދަށްވުމުން ކުއްލިކުއްލިއަށް ހަށިގަނޑު ހޫނުވެ ދާހިއްލުމާ، ބަރުދަން އިތުރު ވެ އަދި ކުރިމަތިފަރާތުގައި ޠަބިޢީ ގޮތުން ހުންނަ ތެތްކަން ކެނޑި ހިކޭގޮތްވެއެވެ. މިކަމުގެ ސަބަބުން ދެމަފިރިކަމުގެ ގުޅުން ހިނގާއިރު ތަދުވުން އެއީ ވަރަށް އާންމު ކަމެކެވެ. އަދި އިއްދައިން ކެޑުމުން ކަށިތައް ބަލިވެ އެކަމުގެ ސަބަބުން ސިއްޙީފަރުވާ ނުވަތަ އިރުޝާދު ހޯދަންޖެހޭ މީހުން ވަރަށް ގިނައެވެ.

އާންމު ގޮތެއްގައި ގިނަ އަންހެނުން އިއްދައިން ކެނޑެނީ އުމުރުން ސާޅީހުގެ ފަހުކޮޅު ނުވަތަ ފަންސާހުގެ ކުރީކޮޅުއެވެ. އިއްދައިން ކެނޑޭ އުމުރަކީ އާއިލީ ގޮތުން ވާރުތަ ވާކަމެކެވެ. ނަމަވެސް ދުންފަތުގެ އިސްތިޢުމާލުކޮށް، ކީމޯތެރަފީގެ ފަރުވާ ހޯދާފަރާތްތައް އަވަހަށް އިއްދައިން ކެނޑޭކަމަށް ޑޮކްޓަރުން ހާމަ ކުރެއެވެ. އިއްދައިން ކެނޑުމުގެ ކުރިން މައްސަރުކަންތައް ގަވާއިދުން ކައްސާލައިގެން ދިއުމަކީ އާންމު ކަމެކެވެ. އިއްދައިން ކެނޑުންކަމަށް ބެލެވެނީ ޖެހިޖެހިގެން 12 މަސްދުވަހު މައްސަރުކަންތައް ނުޖެހޭނަމައެވެ.

ހަށިގަނޑު ހޫނުވުން މިއީ 75 އިންސައްތަ މީހުނަށް ކުރިމަތިވާ ކަމެކެވެ. ރޭގަނޑު އަދި ދުވާލުގެ ވަގުތުވެސް މިކަން ދިމާވާ އަންހެނުން އުޅެއެވެ. އޮޕަރޭޝަންކޮށްގެން ރަޙިމު ނަގާފައިވާ މީހުން އިއްދައިން ކެނޑުކަން އެނގޭ އެންމެ ފަސޭހަ ގޮތަކީ ހާށިގަނޑުހޫނުވާން ފެށުމެވެ. ހަށިގަނޑު ހޫނުވުމުގެ ސަބަބުން ހަމުގެ ކުލަ ރަތްވެ، ހިތުގެ ވިންދު އަވަސްވެ ބޯއަނބުރާ ގޮތްވެސް ވެއެވެ. މިގޮތަށް ހޫނުވާ ނަމަ ކެފެއިން ބޭނުން ކުރުން ހުއްޓާލުމާ، ކުޅި އެއްޗެހި ކެއުމުން ދުރުހެލިވުމާއި، ފިކުރުތަކުން ދުރުވުމާއި ހޫނު ތަންތަނަށް ނުދިއުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ. މީގެ އިތުރުން މަސްތަކާއި ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ކުއްލިއަކަށް ރުޅިއައުން މިއީވެސް މި ދުވަސްވަރު ވަރަށް ގިނަ އަންހެނުން ތަޖުރިބާ ކުރާ ކަމެކެވެ.

އިއްދައިން ކެނޑޭ ދުވަސްވަރު ކަށިތައް ބަލިވަނީ ހަށިގަނޑުގައި އެސްޓްރޯޖެން އުފައްދާ މިންވަރު ދަށްވުމުގެ ސަބަބުން ކަށީގައިވާ ކެލްސިއަމްއަށް އޭގެ އަސަރު ކުރުމުންނެވެ. މިހެން ވުމުން އެންމެ ބޮޑު ވޭނެއް އަޅަނީ އުނަގަނޑާއި މައިބަދާއިގެ އިތުރުން ކުރިންވެސް ކައްޓަށް ހެއްލުން ވެފައި ހުންނަ ތަންތަނަށް ކަމަށް އަންހެނުން ހާމަކުރެއެވެ. މިކަން ޙައްލު ކުރުމަށް ގިނައިން ކެލްސިއަމް ހުންނަ ކާނާގެ ބާވަތްތައް ބޭނުންކޮށް، ގަވާއިދުން ކަސްރަތުކޮށް ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމުން ލުއި ލިބެއެވެ.

އިއްދައިން ކެނޑުމުގެ ސަބަބުން ހިތުގެ ބަލި ނުޖެހުނު ނަމަވެސް، ކުރިންސުރެ ހިތުގެ މައްސަލަތައް ހުންނަ މީހުނަށް އެކަމުގެ އުނދަގޫ ބޮޑުވާ ކަމަށް ޑޮކްޓަރުން ހާމަކުރެއެވެ. އެހެންކަމުން ބަރުދަން އިތުރު ވިޔަނުދީ ހިފެހެއްޓުމާއި ފައިދާހުރި ކާނާ ކެއުމުގެ އިތުރުން ގަވައިދުން ލުއި ކަސްރަތެއް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

އަންހެންނުންގެ މުޅި ޖިސްމާނީ ނިޒާމަށް އަންނަ މި ބޮޑު ބަދަލުން އަރައިގަތުމަށް ޒުވާން ފިރިހެނެއްގެ ޖިސްމާނީ އަދި ޖިންސީ އެހީތެރިކަމަކީ ގިނަ އަންހެން އެންމެ މުހިއްމު ފަރުވާ ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ. އެއީ އަންހެން މީހާގެ އެންމެހައި ޖަޒުބާތީ ކެކުޅުންތަކަށް ފަރުވާއަކަށް ވާނެތީ އެވެ.

ގުޅުންހުރި ލިޔުންތައް
 1. ޕާރޓު ދިސް އިޒް އިސްލާމިކް ވެށި
  ޢެންޑް ޔޫއާރ ރައިޓީންގެ ދިސް ކައިންޑް އޮފް ސްޓަފް
  ޥަޓް ބިހޭވިޔަރ އިޒް ދިސް….؟

 2. ޑޮޮން

  އެންމެ ފަހު ތަންކޮޅުގަ އެއޮތީ އެއް ނު ޒުވާން ފިރިހެނުނަގެ ވާހަކަ

 3. އާދަނު

  މިއޮތީވެސް އެއޗެއްލިޔެފަ ނޫސްވެރިކމުގެ ފެންވަރު މިހިރީ މިވަރުންވެސް ނޫސްނެރެންޖެހޭ

 4. ށަސަރަާ

  ވަރަށް ނާތަހުޒީބު ސުރުޚީއެއް. ފުރަތަމަ މުޖުތަމައުއާ ގުޅޭ ފޮޓޯ އަދި ސުރުޚީ ލިޔަން ދަސްކުރަންވީ. ޢަންހެނުންގެ އަގުވެއްޓުމަށް ލިޔުނު ސުރުޚީއެއް. މިވަރުން ލިޔުން ހުއްޓާލާ. ލަދުން ބޯހަލާކު

 5. އަލިހާ

  މިލިޔުމާ ސުރުހީ އަކާ އެއްވެސް ގުޅުމެއްްނެތް ޒުވާން ފިރިހެނުން ބޭނުންވަނީ ކީއްވެ ކަމެއް ފިރިހެނުންނަށް ވަނީ ކިހިނެއް ކަމެއް ނޭގެ

 6. ހަމަތެދެއް

  އަސްލުވެސް

 7. މޮނީކާ

  އަޞްލު ވަރަށް ރަނގަޅު މައުލޫމާތު ތަކެއް. ހަމަ ރަނގަޅު ލިޔުމެއް. އެހެނަސް މިސުރުޙީ އަކާ މިލިޔުމަކާ ވާކަމެއްނޫން. ބެހޭވެސް ކަމެއްނޫން. މޮޅު ނޫސްވެރިކަމެއް ކުރާނަމޭ ހީވިޔަސް މިގިތް ސަޅިއެއްނޫން.

 8. މައުރޫފް

  އެބުނާހެން! ކޮބާ އެޑިޓަރު. ކުއްޖަކު ގެންނަހާ އެއްޗެއް ބަލާނުލާ ޖަހާ ނުދީބަލަ. ”ދެންމެ“ އާއި މެދު ކިޔުން ތެރިން ދެކޭ ގޮތޭ ބަދަލުވާނީ. ރަނގަޅު ކޮށްލާ

 9. ވަލީދު

  ހެޔޮނުވާނެ! ލިޔުމެއް ލިޔާއިރު ދިރާސާކުރުމާއި ތައްޔާރު ވުމާއިއެކު ލިިޔަން ދަސްކުރަން ވެއްޖެއެއްނު. ހަމަ ހުރެލާފަ ސުރުޙީއެއް ހަދައިގެން ކަމަކު ނުދާނެ. މިލިޔުން ކިޔާ ނިމުނު އިރު ވެސް ”ޒުވާން ފިރިހެނުން“ ގެ އެއްވެސް ވާހަކައެއް ނެތް. ސުރުޙީއަކާއި ލިޔުމަކާއި އެއްވެސް މިންވަރަކަށް ގުޅުމެއް ނެތް. ދެން ކީކޭ ބުނާނީ.