މިނިސްޓަރ ޝާހިދު ސާބިއާއަށް ވަޑައިގެންފި
ދެންމެ | 05 ނޮވެމްބަރ 2022

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވިދާޅުވީ، ސާބިއާގެ ބެލްގްރޭޑަށް ވަޑައިގެންނެވީ ބޮޑުވަޒީރުގެ ފުރަތަމަ ނައިބު އަދި ޚާރިޖީ ވަޒީރު އިވިކާ ޑެސިޗްގެ ދައުވަތަކަށް ކަަމަށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ސާބިއާއަށް ވަޑައިގެންފައިމިވަނީ އިނގިރޭސިވިލާތަށް ކުރެއްވި ހަ ދުވަހުގެ ރަސްމީ ދަތުރުފުޅު އިއްޔެ ނިއްމާލެއްވުމަށްފަހުއެެވެ. އެ ދަތުރުފުޅުގައި އެގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ޝާހިދު ބައްދަލު ކުރަށްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.

އެ ދަތުރުފުޅު ނިއްމާލެއްވުމަށްފަހު ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތާއި، ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށެވެ. މި ދަތުރުފުޅުގައި ޝާހިދު ވަނީ އެގައުމުގައި ތިބި ބައެއް ދިވެހިންނާއި ވެސް ބައްދަލު ކުރަށްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!