ލަންކާ ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަން ފޮނުވައިފި
ދެންމެ | 21 ނޮވެމްބަރ 2022

ލަންކާއަށް ކަނޑައަޅުއްވާ ސަފީރަކަށް މއ.މަނާގެ އަލީ ފާއިޒު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލަންކާ ސަފީރަކަށް ފާއިޒު އައްޔަންކުރުމަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.

މއ.މަނާގެ، އަލީ ފާއިޒު ލަންކާ ސަފީރުކަމަށް އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުން އެ މައްސަލަ ފޮނުވާފައިވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށެވެ.

ލަންކާ ސަފީރަކަށް ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގުއެވެ. އެނާ މިހާރު ހުންނަނީ ބެލްޖިއަމް ސަފީރަކަށް އައްޔަންކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!