ވޮޝިންގޓަނުގައި ހުންނަ ދިވެހި އެމްބަސީގެ ނަން ބަދަލުކޮށްފި
ދެންމެ | 30 ސެޕްޓެމްބަރ 2022

ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަން ބަދަލުކޮށްފިއެވެ.

ރަ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ”ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ“ ގެ ނަން ”އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ“ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނެވީ 2022 ސެޕްޓެންބަރު 25 ވީ އާދިއްތަ ދުވަހުން ފެށިގެންކަމަށް ރައިސް އޮފީހުން ބުނެއެވެ.

މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖަހަމުން ގެންދާނީ ނަންބަރު 488 ކަމުގައި ވަނީ ހަމަޖައްސަވާފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް