ރައީސް އިބުރޭގެ ރަނިންގމޭޓް ކަން ހޯދަން އިމްރާނު ވެސް ފޫގަޅައިލައިފި
ދެންމެ | 02 އޯގަސްޓް 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުކަން ހޯއްދަވަން އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަސައްކަތް ކުރައްވަމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެނޑިޑެސީ ހުށަހެޅުމުގެ ވަގުތު ކުޑަތަން ވެފައިވާއިރު އަދިވެސް ރައީސް އިބްރާހީމުގެ ރަނިންމޭޓު ހަމަނުޖެއްސެއެވެ. އެ މަޤާމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ އެތެރެއިންނާއި، ސަރުކާރުގެ ތެރެއިން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނައިރު، މިހާރު އެކަމަށް އެންމެ ގަދަޔަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިމްރާން އަބްދުﷲ ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުން އޭނާއަށް ތަބާވާ ބައެއް ދީނީ އިލްމު ކޮންމެވެސް މިންވަރަކަށް އުނގެނިގެން ތިބި އަދާލާތު ޕާޓީގެ ބައެއް އެކްޓިވިސްޓުންލައްވައި ރައީސް އިބްރާހީމަށް މެސެޖުކޮށް، ދީނީ އިލްމުވެރިންގެ ތާއީދު އެމަނިކުފާނަށް ލިބެން އޮތީ އިމްރާނު ފަދަ ”ދީނީ އިލްމުވެރިއަކު“ ނައިބު ރައީސް ކަމަށް އައިސްގެން ކަމަށް ދަނީ ބުނަމުންނެވެ.

އިމްރާނަކީ މަދީނާ ޔުނިވަސިޓީން ޝަރީއާގެ ދާއިރާއިން ޑިގްރީއެއް އޮތަސް ދީނީ އިލްމުވެރިއެއް ނޫނެވެ. އަދި ކިޔަވައި ނިމިގެން އައިސް ރާއްޖޭގައި ދީނަށް ގޮވާލުމައި ދީނަށް ހޭލުންތެރި ކުރުމުވުމުގެ މަސައްކަތްތަކެއް އިމްރާންކޮށްފައިނުވެއެވެ.

އަދާލަތު އެކްޓިވިސްޓުން މެދުވެރިކޮށް ރައީސް އިބްރާހީމަށް މެސެޖު ކުރުވުމުގެ އިތުރުން، ރައީސް އިބްރާހީމްގެ އެންމެ އަރިސް އެކަކު ކަމުގައިވާ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށްވެސް އިމްރާން ވަނީ އެ މަޤާމަށް އޭނާ ނެގުމަށް ރައީސް އިބްރާހީމަށް ދަންނަވާފައެވެ. މިހާތަނަށް ރައީސް އިބްރާހީމް އެކަމަށް ވަކި ޖަވާބެއް ދެއްވާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީއަކި ވަގަށް މެމްބަރުން ވައްދައިގެން މީހުން ހަމަކޮށްފައިވާ ޕާޓީއެއްކަން ފާހަގަކުރެވެއެވެ. އެންމެފަހުން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލާފައިވަނީ 1088 މީހުންނެވެ. އަދި އިމްރާނަށް ލިބިފައިވަނީ 921 ވޯޓެވެ. މީއީ ރާއްޖޭގެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކޮށް އެންމެ މަދުން ވޯޓު ލިބުނު އިންތިހާބުކަން ފާހަގަކޮށްލެވެއެވެ.

ރައީސް އިބްރާހީމްގެ ރަނިން މޭޓުކަން ހޯދަން އިމްރާން މަސައްކަތްކުރަމުންދާއިރު މިހާރުގެ ސަރުކާރުން ހިންގާ ހުރިހާ ލާދީނީ ކަންކަމާއި، ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ކަންކަމަކީ ރަނގަޅު ކަންކަން ކަމުގައި ރައްޔިތުންނަށް ވިސްނާދޭން އިމްރާން އާއި އޭނާއަށް ތާއީދުކުރާ އަދާލަތު ޕާޓީގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!