ނާނުގެ ލޯބީގެ ކުޅިގަނޑަށްފަހު އަނބިދަށުވެ، ރައީސްގެ ބާރުތައް ފަޒުނާ ކޮންޓްރޯލް ދަށުގައި
ދެންމެ | 28 ނޮވެމްބަރ 2022

ދިވެހި ދައުލަތުގެ ވަލިއްޔުއް އަމުރަކީ ރައީސުލްޖުމުހޫރިއްޔާ އެވެ. އެއީ ދިވެހި ސަރުކާރުގެ ވެސް ވެރިޔާ އެވެ. އަދި ދިވެހި ގާނޫނު އަސާސިން މަތިކޮށްފައިވާ އެތައް ބާރުތަކެއްގެ މަސްއޫލުވެރިޔާ އެވެ. ދިވެހިން ވޯޓްލައިގެން ހޮވާފައިވާ ދިވެހި ގައުމުގެ ބެލެނިވެރިޔާ އެވެ. އެއީ މި ދައުލަތުގެ އެންމެހާ ރައުސުލްމާލެއްގެ ޒިންމާދާރު ވެރިޔާ އެވެ.

ދިވެހި ވަތަނުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނެވި ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ހަތަރު އަހަރު ފުރިފައިވާ އިރު، އެމަނިކުފާންގެ އަނބިކަބަލުން ފަޒުނާ އަހުމަދު ހުޅެމުންދާ ހާތްކުޑަ ގޮތްކުޑަ ގޮތް އެންމެގެ ލޮލުގައި މިއަދު ވަނީ އަޅައިގަންނަން ފަށާފަ އެވެ. ފަޒުނާގެ ހަޔާތެއް އަގަލެއް ނެތް ވާހަކަ އެންމެން ދައްކަންފަށައިފި އެވެ. ފަޒުނާއަށް ރައްޔިތުން ބާގީއަށް ގޮވަން ފަށައިފި އެވެ.

ފަޒުނާގެ ގޮތްކުޑަ ކަމާއި ލަދުކުޑަކަށް އިންތިހާއަށް ގޮސްފައި މިވަނީ ރައީސް ސޯލިހް ޒުވާން ޖިންސުންލަތީފަކާއި އެކު ލޯބީގެ ކުޅިގަނޑެއް ކުޅޭކަން ރައީސް ނަސީދު ފަޅާއަރުވާލުމުން ނެވެ. އޭގެ ފަހުން ފަހުން ރައީސް ސޯލިހް ހުންނަނީ މުޅިން ކުޑަ އަރުވާލާފަ އެވެ. ކަލޭ ރައީސް ކަމުގައި ހުންނެވި ނަމަވެސް  ވެރިއަކީ އަހަރެންނޭ ބުނާ ކަހަލައެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ މީޑިޔާ ކޮންޓްރޯލް ކުރަމުން ގެންދަނީ ވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ފަޒުނާ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީ އެހެން ބައެއްް މިނިސްޓްރީ ތަކުގެ އިތުރުން ސަރުކާރުގެ އެހެންވެސް ބައެއް ކުންފުނިތަކުގެ ފުލް    ކޮންޓްރޯލް ފަޒުނާ ވަނީ ނަނގާފަ އެވެ.

ރައީސް ސޯލިހް ބައެއް ހަފްލާތަކަށް ފަޒުނާ އަރިހުގައި ވަޑައިގަންނަވާއިރު ވެސް ފޮޓޯތަކުން ވެސް ރައީސް ސޯލިހް އަނބިދަށުވެފައިވާ މިންވަރު ގިނަ ބަޔަކަށް ވަނީ ފާހަގަވެ އެވާހަކަ ދައްކާފަ އެވެ. މިގޮތުން ބަހްރައިނުގެ ރަސްގެފާން ރަސްމީ ފަރިއްކޮޅަށް ވަޑައިގެންވި ހަފްލާގެ ފޮޓޯ އާއި އިގިރޭސި ރާނީ ޖަނާޒާގައި ފޮޓޯތަކުން އެކަނިވެސް ފަޒުނާގެ އަގަލް ކުޑަކަން ހާމަވެގެންދެ އެވެ. ރައީސް ސޯލިހް ބައިވެރިވި ނަމަވެސް ބައެއް ހަފްލާތަކުގެ ރިޔާސަތުގައި ހުންނަވަނީ ގާނޫނީ ހަސިއްޔަތެއް ނެތް ފަޒުނާ އެވެ.

އޮފީހުގެ ރަސްމީ ވެބް ސައިޓް ގާނޫނީ ހައިސިއްޔަތެއް ނެތް، ރައީސް ސޯލިހްގެ އަނބިކަބަލުން ފަޒުނާ އަހުމަދުގެ ފަރި ހަރަކާތްތަކުގެ ހަބަރުތަކާއި ފޮޓޯތަކުން ފުރާލައިފަ އެވެ. ދިވެހި ދައުލަތުގެ ގާނޫނު އަސާސީގައި ރައީސުލްޖުމުހޫރިއްޔާގެ އަންހެނުންނަށް ވީތީ، ދިވެހި ދައުލަތުގެ މައްޗައް ބާރު ފޯރުވުމުގެ އެއްވެސް ގާނޫނީ ބާރުވެގެން ނުވެ އެވެ.

ގާނޫނީ ދާއިރާއިން ފުންނާބު އުސް ބޭފުޅަކު ވިދާޅުވީ ފަޒުނާގެ އަމަލްތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފްވަމުންދާ ކަމަށާއި ގާނޫނީ ހައިސިއްޔަތެއް ނެތް ފަރާތަކުން ދިވެހި ދައުލަތު އެންމެ މަތީ ސަރަފް ގަޑުބަޑު ކުރަމުންދާ ކަމަށެވެ.

އޭނާ ބުނީ ރައީސް އޮފީހުގެ މުވައްޒަފުން އެބޭފުޅުން މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ގާނޫނީ ޒިންމާއެއް ނެތް ފަރާތެއްގެ ހަބަރާއި މައުލޫމާތާއި ފޮޓޯ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓްގައި މެދުކެނޑުމެއް ނެތި ގެނެސް ޕްރޮމޯޓް ކުރަމުންދާ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމަށެވެ.

“ ރައީސް އަނބިކަބަލެއްގެ ވާހަކަ ވެސް ގާނޫނު އަސާސީގައި ނެތް. ފަޒުނާ ދައުލަތުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ގާނޫނީ ގޮތުން ކުރި ހުވައެއް ނެތް. އަދާ ކުރާ މަގާމެއް ނެތް. ’ރައީސް އަނބިކަބަލުން‘ ނަކީ ދިވެހި ދައުލަތުގެ މަގާމެއް ނޫން. އަދި އެއްވެސް ކަމަކަށް ޒިންމާ ވާން ޖެހޭ ފަރާތެއް ނޫން.“ މަސްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!