ވިލުފުށީ ބަނދަރުގައި އޮތް ދެ ބޯޓެއްގައި އަލިފާން ރޯވެއްޖެ
ދެންމެ | 28 ނޮވެމްބަރ 2022

ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

މިކަމާ ގުޅިގެން ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީން ވިދާޅުވީ އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މަޣްރިބް ނަމާދުން ފޭބި ވަގުތުކަމަށެވެ.

ރޯވެފައިވަނީ ވިލުފުށީ މީހެއްގެ ދެ ބޯޓުގައެވެ. ޖަބީން ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް ފެތުރެމުންދާ ކަމަށެވެ.

”އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ،“ އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ ވިލުފުށީ ފަޅުތެރޭގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ކައްދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު ލިބޭނީ ދޯނި އޮތް ހިސާބަށް ސިފައިންނަށް ދެވުމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!