ހަށިން ހޫނުކޮށް ފެން ބޭރުކުރާނީ ކިހިނެއް ތަ!
ދެންމެ | 15 އޯގަސްޓް 2023

އިންސާނުންގެ ކެއިން ބުއިމުގައި ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ފެނަކީ އެންމެ އާއްމު އެއް ބާވަތެކެވެ. ފެންވެސް އެކި ސިފަ ސިފައިގާ ބޮއެ ހަދާއިރު، އާދައިގެ ފެނާއި، ”ސްޕާކްލިން“ ފެނާއި، ފިނި ފެނާއި އަދި ހޫނު ފެނަކީވެސް ބުއިމަށް ބޭނުންކުރާ ފެނެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބުއިމަށް ހޫނު ފެން އިހްތިޔާރު ކުރާނަމަ އިންސާނާގެ ހަށިގަނޑަށް އެއިން ކުރާނޭ ބައެއް ފައިދާތަކަށެވެ.

ހޫނުފެނަކީ ރޯގާ އަދި ސައިނަސްގެ މައްސަލަތަކަށް އޮތް ވަރަށް ބޮޑު ފަރުވާއެކެވެ. އެހެނީ ހޫނު ފެން ބުއިމުގެ ސަބަބުން ތަތްވެފައިވާ އަރިދަފުސްތައް ދިޔާކޮށްލަދީ ބޭރުކޮށްލަދޭން އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ސައިނަސްތަކުގައި ހަރުލާ ޖަމާވެފައިވާ އަރިދަފުސްތައް ބޭރުވެ ސާފުވުމަށް މަގުފަހިވެއެވެ.

ހޫނަކީ އޭގެ ސަބަބުން ލޭ ދައުރުވުން އިތުރުކޮށްދީ ފަހިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހޫނުފެން ބޯނަމަ، މައިދާ އާއި ގޮހޮރުގެ މަސްތަކަށް ކުރާ ހޫނުގެ އިހުސާސްގެ ސަބަބުން މައިދާ އާއި ގޮހޮރުގެ މަސްތަކުގައި ލޭ ދައުރުވާ މިންވަރު އިތުރުވެގެން ދެއެވެ. ނަތީޖާއަކަށް ވަނީ މައިދާ އާއި ބަނޑުގެ މަސްތަކުގެ ހަރަކާތްތެރިކަން އިތުރުވެ، ހަޖަމަށް ފަސޭހަ ވުމެވެ. އަދި މިއީ ބަނޑުހިކުމުން ދުރުކޮށްދޭނެވެސް ކަމެކެވެ. މީގެ އިތުރުން އެކަލާސިއާ ނަމަކަށް ކިޔާ ކާ އެއްޗެހި ދަތުރުކުރާ ހޮޅީގެ ބައްޔަކުންވެސް ދުރުކޮށްދިނުމަށަ އެހީތެރިވެދޭނެ ކަމެކެވެ.

އިސްވެ ދެންނެވި ފަދައިން ހޫނުގެ ސަބަބުން ލޭދައުރުވުން ފަހިވެގެންދާއިރު، ހޫނުފެން ބޯނަމަ، ހަށިގަނޑުގެ އެތެރޭގެ ގުނަންތަކަށް ތާޒެއްގެ ހޫނުކަމެއް އިހުސާސް ކުރެވޭނެެއެވެ. އެ އިހުސާސްތައް ނަގައިގަންނަ ހިއްސީ ނާރުތައް ގުޅިފައިވަނީ މައިބަދަ އާއި ސިކުނޑިއާއެވެ. އެހެންކަމުން މައިބަދަ އާއި ސިކުނޑީގެ މެސެޖުތައް ބަދަލުވުމާއި ދައުރުވުން އަވަސްވެ ފަހިވުމަށްވެސް ހޫނުފެން ބުއިމުން ފައިދާތަކެއް ކުރާނެއެވެ.

ފެނަކީ އޭގެ ޒާތުގައި ހަޖަމު އަވަސް އެއްޗެކެވެ. އެހެންކަމުން ހޫނުފެން ބޯނަމަ، އެ ހޫނުކަމުގައި މައިދާގެ ތެރެއިން ގޮހޮރުގެ ތެރެއަށް ހޫނުފެން ދައުރުކުރެއެވެ. ގޮހޮރުގެ ތެރޭގައި ހޫނުފެން ދައުރު ކުރާއިރު، ގޮހޮރުގެ ކައިރީގައިވާ އެހެން ގުނަންތަކަށްވެސް ހޫނުގެ އަސަރުކޮށް، އެ ގުނަންތަކުގައިވެސް ލޭ ދައުރުވާ މިންވަރު އަވަސްވެގެން ދެއެވެ. އެހެންކަމުން އަންހެނުންގެ މައްސަރު ދުވަސްވަރު ދަށްބަނޑުގައި ރިހޭ ރިހުމަށް ހޫނުފެން ބުއިމުން ލުއިތަކެއް ލިބޭ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ.

މީގެ އިތުރުން އެތެެރެ ހަށީގެ އެކި ހިސާބުތަކުގައި ހުންނަ އެކި އެކި ރިހުންތަކަށް ލުއިކަން ލިބިދިނުމަށްވެސް ހޫނުފެން ބުއިމުން އެހީތެރިވެދެއެވެ. އަދި އައި.ބީ.އެސް ނުވަތަ އިރިޓަބަލް ބަވަލް ސިންޑްރޯމް ފަދަ ގޮހޮރުގެ ބަލިތަކަށްވެސް ހޫނުފެނަކީ މޮޅު ފަރުވާއެކެވެ. މީގެ އިތުރުން ހާސްކަމާ ނުތަނަވަސްކަން ފިލުވާލުމަށްވެސް ހޫނުފެންވަރެއް ނެތް ކަމަށް ބައެއް ދިރާސާވެެރިން ދެކިލައްވައެވެ. އަދި މިނޫނަސް ހޫނުފެން ބޯނަމަ އިންސާނާގެ ސިއްހަތަށް ކުރާނެ ތަފާތު އެކި ފައިދާތައް ހުންނާނެއެވެ.

މި ލިޔުމުގައި ހޫނުފެނުގެ ވާހަކަ ގެނެސްފައިވީ ނަމަވެސް އަނގަ ނުވަތަ ދޫ ނުވަތަ ތުންފަތް ފަދަ ތަންތަން ފިހި، ނުވަތަ އަނިޔާއެއް ލިބޭފަދަ ހޫނުމިނެއްގައި ފެން ބަހައްޓައިގެން ނުބޯށެވެ. ބޮވޭ ވަރަށް ހޫނު މަޑުކޮށްގެން، ނަމަވެސް ހޫނުކޮށް ބަހައްޓައިގެން ބޯށެވެ. މިއީ އަހަރެމެންގެ ކެއުން ބުއިމުގެ ވައްޓަފާޅީގައި (ފެން ބުއިމުގައި) ބަދަލުކޮށް އާއްމުކޮށް ބޭނުން ކުރަން ރަނގަޅު ގޮތެކެވެ. ފިނި ފެނަށްވުރެ، ހޫނު ފެން ބުއިމަށް މާ ބޮޑަށްވެސް ކަމުދާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!