މިނިސްޓަރ އަސްލަމް ރަށް، ފަރެސްމާތޮޑާ ސިއްހީ މަރުކަޒު މެނޭޖަރ ރައީސް ނަސީދަށް ތާއީދު ކޮށްފި
ދެންމެ | 25 ޖެނުއަރީ 2023

މިނިސްޓަރ އަސްލަމް އަމިއްލަ ފުޅު ރަށް ގދ. ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒު މެނޭޖަރ މުހައްމަދު ސޮބާހް އާއި ގިނަ އަދަދެއްގެ ބައެއް ރައީސް ނަސީދަށް ތާއީދުކޮށް ރަށުގެ ސްޕަރ މެޖޯރިޓީ ހޯދައިފި އެވެ.

ސޮބާހް އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އެމްޑީޕީ ޕްރައިމަރީގައި އޭނާ ރައީސް ނަސީދަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ މިހާރު ވެސް ރަށުގެ ގިނަ ބަޔަކު ތާއީދުކުރަމުން ދަނީ ރައީސް ނަސީދަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އަރުވާފައި ރަށުގައި ހުންނެވި ބޭފުޅާ ރައީސް ނަސީދަށް ތާއީދު ކުރުމުން ރަށަށް ވަނީ ކުއްލި ސިހުމެއް ގެނުވާފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަފުޅު ރަށުގެ ތާއީދު ބޮޑުތަނުން ރައީސް ނަސީދަށް ބުރަވުމުން މިނިސްޓަރ އަސްލަމް މިހާރު ހުންނެވީ ފަރެސްމާތޮޑާގައި ކެމްޕޭންގަ އެވެ.

ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުން ފާޅުގައި މިހާރު ގެންދަވަނީ ރައީސް ނަސީދަށް ތާއީދު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!