އެގްރޯގެ މެނޭޖިންގ ޑިރެކްޓަރ ހާރޫނު ރައީސް ސޯލިހް ދޫކޮށް ރައީސް ނަސީދަށް ކެމްޕޭނާއި ގުޅިވަޑައިގެންފި
ދެންމެ | 26 ޖެނުއަރީ 2023

‏އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަސީދު ރައީސް ނަސީދަށް ތާއީދު ކުރައްވައިފި އެވެ.

ސޯސިއަލް މީޑިޔާގައި ވަނީ ހާރޫނު ރަސީދު ރައީސް ނަސީދާއި އެކު މެންދުރުގެ ފަރިއްކޮޅަކަށް އިންސާފު ފޮޓޯތަކެއް އާއްމު ކުރައްވާފަ އެވެ.

މީގެ ކުރިން އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމުރު ވެސް ވަނީ ރައީސް ނަސީދަށް ތާއީދު ކުރައްވާ ނަސީދު ކެމްޕޭނާއި ގުޅިވަޑައިގަންނަވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ގިނަ އަދަދެއް ބޭފުޅުން ގެންދަވަނީ ރައީސް ނަސީދަށް ފާޅުގައި ތާއީދު ކުރަން ނިންމަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!