އެމްޑީޕީގެ ޒަމާންވީ މުސްކުޅި މޫނުތައް އެޕާޓީ ދޫކޮށް ޑިމޮކްރެޓުންނާއި ގުޅެން ފަށައިފި
ދެންމެ | 28 މެއި 2023

އެމްޑީޕީގެ ޒަމާންވީ މުސްކުޅި މޫނުތައް އެ ޕާޓީ ދޫކޮށް ޑިމޮކްރެޓިކް ޕާޓީ އާއި ގުޅެން ފަށައިފި އެވެ.

ސޯސަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ޔަގީންވާ ގޮތުގައި އެމްޑީޕީއަށް އެތައް ގުރުބާނީތަކެއް ވެފައިވާ އެތައް ބަޔަކު ދަނީ އެޕާޓީ ވަކިވެ ޑިމޮކްރެޓިކް ޕާޓީ އާއި ގުޅެމުން ނެވެ.

ބޮޑުފެންވަޅުގޭގައި ޑިމޮކްރެޓިކް ޕާޓީގެ ފޯމު ފުރުމަށް ފަހު ވާހަކަ ދެއްކި އެމްޑީޕީ މުސްކުޅި އެކްޓިވިސްޓަކު ބުނީ ޕާޓީ ރޮޒައިނާއަށް ދޫކޮށްލީ ކަމަށެވެ.

“ ތަސްމީން ވެލިކާން ދޭން. ރޮޒެނާއަށް ޕާޓީ ދޫކޮށްލީ.“

އެމްޑީޕީ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުން އިންތިހާއަށް ބޮޑުވެ އެޕާޓީއަށް ނިސްބަތްވާ ލީޑަރސިޕްގެ ޕާޓީން ވަކިވެ މިހާރު ވަނީ ސިޔާސީ ޕާޓީއެއް އުފައްދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!