އިބޫގެ ޓީމުން ޗޯރު ހަދާތީ ވޯޓު ފޮށިތައް ފުޑާލައި، ވޯޓުތައް އިރަނީ
ދެންމެ | 28 ޖެނުއަރީ 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށުނީ މިއަދު އެވެ. 09:00 ގައި ފަށަން އޮތް ވޯޓުލުން، ގިނަ ފޮށިތަކުގެ ފެށުނީވެސް ލަހުން ނެވެ.

މިއަދު 17:00 އާއި ހަމަޔަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރައިމަރީގެ ވޯޓުލުން ފެށިގެން މިހާތަނަށް ދިޔައިރު، ގިނަ ޝަކުވާތަކަކާއި، ހަމަނުޖެހުންތަކެއް ދަނީ ވޯޓުލާ މަރުކަޒުތަކުގައި ހިނގަމުން ނެވެ.

އެގޮތުން ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާ ކަމުގެ ގިނަ ޝަކުވާތަކާއިއެކު ގިނަ ދާއިރާތަކެއްގެ ވޯޓުލުން ހުއްޓިފައިވާއިރު، 57,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގުލިބޭ މި ޕްރައިމަރީގައި މިހާތަނަށް ވޯޓުލެވިފައިވަނީ 12،000 މީހުން ނަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ މަންދޫބުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ވޯޓުލާ މަރުކަޒުތަކުގައި ފާހަގަކުރަމުންދާއިރު، ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ހާލާކުކޮށް، ގަޔަށް އަތްލައި މަޝްރަހު ވަނީ ވަރަށް ބޮޑަށްވެސް ހޫނުވެފައެވެ.

އެގޮތުން:

ގދ.ގައްދޫ ވޯޓްލާ މަރުކަޒުގައި ބޮޑު ހަމަނުޖެހުމެއް ހިނގާ ވޯޓު ކަރުދާސްތަކާއި ވޯޓާސް ލިސްޓު ހިމެނޭގޮތަށް ވަނީ ވީދާލައިގެން ވޯޓުލުން ހުއްޓުނު

ގދ. ރަތަފަންދޫގައި ވޯޓު ފޮށިި ފަޅާލައި ވޯޓުލުން ހުއްޓިފައި ވަނިކޮށް ދެމީހަކު ވަނީ ހައްޔަރުކޮށްފަައި

ތ. މަޑިފުށީގައި ވެސް ވޯޓުފޮށި ފަޅާލައިގެން ވޯޓުލުން މެދުކެނޑުނު. ދަގަނޑު ފޮއްޓަކަށް ވޯޓުލާ ގޮތަށް މިހާރު ވަނީ ވޯޓުލާން ފަށާފައި

ވިލިނގިލީގައި ވެސް ވޯޓުލުން ވަގުތީ ގޮތުން މެދުކެނޑުމަށްފަހު، ފަހުން ވަނީ ވޯޓުލުން އަލުން ފަށާފައި

ހިރިޔާ ސްކޫލުގައި ވެސް ބޮޑު ހަމަނުޖެހުމެއް ހިނގައި ވަގުތީ ގޮތުން ވޯޓުލުން މެދުކެނޑުނު. މިހާރު ވަނީ ވޯޓުލާން ފަށާފައި

ވޯޓުފޮށި ފަޅާލިކަމުގެ ތުހުމަތުގައި ގދ. ތިނަދު އާއި ގދ. ރަތަފަންދޫން އިންވެސް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ތިނަދޫ އިން އެކަކު އަދި ރަތަފަންދޫ އިން އެކަކެވެ. ތިނަދޫގައި ވޯޓު ފޮށި ފަޅާލައި ބިންމައްޗަށް އެއްލާލި ވަގުތު އެކަން ހުއްޓުވަން އުޅެނިކޮށް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފަށް އަނިޔާވެފައިވާ ކަމަށް ވެސް ވެއެވެ.

ގދ. ހޯނޑެއްދޫގައި ވެސް ވޯޓުލުން ވަނީ ހުއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!