ބަގުރޫޓް ފައްޔާޒުގެ ޗެއަރޕާސަން ކަމުގައި އެމްޑީޕީ ހަރުގެތައް ވީރާނާ ކޮށްލައިފި
ދެންމެ | 28 މެއި 2023

އެމްޑީޕީގެ ޗެއަރޕާސަން އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލްގެ މޭސްތިރިކަމުގައި އެމްޑީޕީ ހަރުގެ ތައް ވީރާ ކޮށްލައިފި އެވެ.

ސޯސިއަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ރަށް ރަށުގައި ގާއިމްކޮށްފައިވާ އެމްޑީޕީ ހަރުގެ ތަކުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސް ވާރެ އާއި އަވިން ސަލާމަތް ނުވެވޭކަން ހާމަ ވެއެވެ.

މާލޭން އުތުރު ރަށެއްގެ އެމްޑީޕީ މެމްބަރަކު ބުނީ ފައްޔާޒުގެ ޗެއަރޕާސަން ކަމުގައި މެމްބަރުންނާއި ޕާޓީ އާއި އެއްވެސް ވަރެއްގެ ގުޅުމެއް ނޯންނަ ކަމަށެވެ.

“ އޭނާ އަންނަން ވެގެން ވަރަށް އަޗާ ތަޅާފަ އައީ. އެކަމަކު އެއްވެސް ކަމެއް ނުވި. މިހާރު މިރަށުގައި އެހުރި ހަރުގޭ ފުރާޅު ވެސް ނެތް. އޭނާ ބުނި ޔޯ ހަރުގެ ތައް ހިންގާލާނަމޭ.“ އެމީހާ ކިޔައިދިނެވެ.

އޭނާ ބުނީ މިހާރު އެމްޑީޕީ ބަޔަކު ހިސޯރުކޮށްފައިވާ ކަމަށާއި އެމްޑީޕީ އަށް ވެލި ކާން ދޭނެ ކަމަށް ބުނި ބައެއްގެ އަތްދަށުވެ ޕާޓީ ފުޑުފުޑު ވެގެން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީގެ އާއްމް މެމްބަރުންގެ ތާއީދު އެމްޑީޕީއަށް އިންތިހާއަށް ގެއްލިފައިވާއިރު އެމްޑީޕީގެ ތެރޭގައި ވަނީ އިންތިހާއަށް ބައިބައިވުން އުފެދި ފެކްސަން ވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!