ރައީސް ސޯލިހް އެކަނިވެރިވެ، ވެރިކަމުގެ ލައްޒަތު ބީ ވަނީ
ދެންމެ | 21 މާރޗް 2023

ވެރިކަމަކީ މަސްތެކެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަސީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވެ، ޑރ. ވަހީދަށް ވެރިކަން ފުރޮޅުމަށްފަހު 2013 ވަނަ އަހަރު ޑރ. ވަހީދު ވެސް ވަރިކަމަށް ކުރިމަތިލެއްވީ ވެރިކަމުގެ ލައްޒަތު އަރުތެރެއިން ނުފިލައިގެންނެވެ.

ތެދެކެވެ. ރައީސް ސޯލިހް 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ރައީސް ސޯލިހްގެ ކުޑަ އިރުގެ ރަހުމަތްތެރިޔާ ރައީސް ނަސީދުގެ ފުރިހަމަ ތާއީދާއި މަދަދުވެރިކަމާއި އެކުގަ އެވެ. އެހެންނަމަވެސް ވެރިކަން ލިބިވަޑައިގެން ލައްޒަރު އަރުބުޑަށް ފޯރުމުން ރައީސް ނަސީދަށް ދެއްވީ ދޯކާ އެވެ.

ރައީސް ސޯލިހް ވެރިކަމުގެ ކޮވެލި އެންމެ ބޮޑު ޖާގައެއް ދެއްވީ ސިޔާސީ ތަޖްރިބާއެއް ނެތް ބަގުރޫޓު ވިޔަފާރިވެރިޔާ ބޯގަންވިލާ ފައްޔާޒު އިސްމާލަށެވެ. އަދި ސިޔާސީ ބުރަދަނެއް މިހާރު ނެތް ކުރީގެ ރައީސް މައުމޫނާއި ރައްޔިތުންގެ މެދުގައި އެއްވެސް ތާއީދެއް ނެތް އަދާލަތު ޕާޓީ އަށެވެ.

ތެދެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަހްޖަން ގާސިމް އިބްރާހިމް ރައީސް ސޯލިހް ދޫކޮށްލައިފި އެވެ. އަދި ގާސިމާއި އެކު ރައީސް މައުމޫން ވެސް ރައީސް ސޯލިހް ދޫކުރައްވާ ގާސިމާއި އެކު ކުރިއަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ މުހައްލިލަކު ވިދާޅުވީ މިހާރު ސިޔާސީ މަސްރަހް ތަރުތީބު ވަމުންދަނީ 2013 ވަނަ އަހަރު ޑރ. ވަހީދުގެ ވެރިކަމާއި ގާތްގަނޑަކަށް އެއްގޮތް ގޮތަކަށް ކަމަށާއި ޑރ. ވަހީދު ވެސް ވެރިކަމަށް ނިކުމެ ވަޑައިގެންނެވި އިރު ހުންނެވީ ގިނިކަންޏާ ކަމަށެވެ.

“ ތާރީހު ބައްލަވާ އަދާލަތު ޕާޓީން 2013 ވަނަ އަހަރު ވެސް ޑރ. ވަހީދަށް ވެސް ލަނޑުދީ ކޯލިޝަނުން ވަކިވެފައި ވަނީ ޑރ. ވަހީދާއި އެކު ކޯލިޝަން ހަދަން އެންމެ ފުރަތަމަ ނިންމަވައި އެކަން އިއުލާން ވެސް ކުރެެއްވުމަށް ފަހު، ކެމްޕޭން ވެސް ފައްޓަވާފައި.“ އޭނާ ވިދާޅުވި އެވެ.

އޭނާ ބުނީ މިހާރު ވެސް އިނގޭ ކަމަކީ އަދާލަތު ޕާޓީން ރައީސް ސޯލިހަށް ލަނޑުދީ ގާސިމާއި އެކު ކޯލިޝަން ހަދާނެ ކަންކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސް ކޮޅެއް ތެރޭގައި އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުންތަކެއް ވެސް ރައީސް ސޯލިހް ދޫކުރައްވާ ރައީސް ނަސީދާއި އެކު މަސައްކަތް ފައްޓަވާނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!