ފުރަގަސްފަރާތު ކިއުކަންބާއެއް ތާށިވުމުން އެއީ ހަށިގަނޑުގައި އުފެދުނު އެއްޗެއް ކަމަށް ބުނެފި
ދެންމެ | 31 މާރޗް 2023

ފުރަގަސް ފަރާތުގައި ކިއުކަންބާއެއް ތާށިވީ މީހަކު އެއީ މާގިނައިން ކިއުކަންބާ ކާތީ ހަށިގަނޑުތެރޭގައި އުފެދި ބޮޑުވި އެއްޗެއްކަމަށް ބުނެފިއެވެ.

ކޮލަމްބިއާގެ ބަރަނޯއާގެ މީހަކު ފުރަގަސް ފަރާތުގައި ކިއުކަމްބާއެއް ތާށިވެފައި އޮތުމުން ޑޮކްޓަރުންނަށް ހައިރާންކަން ލިބުނީ އެ ކިއުކަމްބާ އަކީ އޭނާގެ ހަށިގަނޑުތެރޭގައި އުފެދުން އެއްޗެއްކަމަށް އެމީހާ ބުނުމުންނެވެ. ނަން ހާމަކޮށްފައި ނުވާ އުމުރުން 40 އަހަރުގެ އެމީހާ ހޮސްޕިޓަލަށް ދިޔައީ ތަދުވާތީއެވެ. އޭނާ ބުނީ ހިނގާބިނގާވެ އުޅެން ދަތިވިނަމަވެސް ސަބަބު ދެނެގަނެވޭ ގޮތެއް ނުވިކަމަށެވެ.

އޭނާގެ ފުރަގަސް ފަރާތުގައި އެއްޗެއް ތަށިވެފައި އޮތްކަން އެނގުނީ އެކްސްރޭ ނެގުމުންނެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ކައިރީ އެމީހާ ބުނީ ކިއުކަމްބާ އޭނާގެ ހަށިގަނޑުގެ ތެރޭގައި ތާށިވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ. އޭނާ ގިނައިން ކިއުކަމްބާ ކާތީ އޭނާގެ ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި ކިއުކަމްބާ އުފެދިފައިވަނީ ކިއުކަމްބާ އޮށަކުން ކަމަށް ވެދާނެކަމަށް އޭބާ ބުންޏެވެ.

އޭނާގެ ދެކޮޅު ނުޖެހޭ އެ ތިއަރީ ޑޮކްޓަރުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް އޮޕަރޭޝަނަށްފަހު އެމީހާ ވަނީ ގެއަށް ފޮނުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!