35 މިލިޔަނަށް އިބޫ ދޫކޮށް، ގާސިމާއި ގުޅެން އަދާލަތުން ފޮށި ތަންމަތި ބަދެފި
ދެންމެ | 31 މާރޗް 2023

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމާއި އެކު 35 މިލިޔަނަށް އިބޫ ދޫކޮށް ގާސިމާއި ގުޅެން އަދާލަތުން އެއްބަސްވެ, ފޮށި ތަންމަތި ބަދެފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަން އައިލެންޑް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވަނީ ގާސިމާއި ގުޅުމަށް 100 މިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ދިނުމަށް ހުށަހަޅާފަ އެވެ.

އިތުބާރު ހުރި އޮފިސަލަކު ވިދާޅުވީ އިމްރާން ފަރާތުން 100 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި ވީނަމަވެސް ގާސިމް ހުށަހަޅާފައި ވަނީ 35 މިލިޔަން ދިނުމަށެވެ.

“ އިމްރާން ވިދާޅުވަނީ ގާސިމާއި އެކު ކޯލިސަން ހަދައިފި ނަމަ މިހާރު ސަރުކާރުގައި އެ ޕާޓީން ފުރަމުންދާ ހުރިހާ މަގާމްތަކެއް ގެއްލިގެންދާނެ ކަމަށް. އެހެންވުމުން ކުރިއަށް އޮތް ގާތްގަނޑަކަށް 8 މަސް ދުވަހަށް އެމީހުންނަށް ބޭނުން ފައިސާ ބޭނުން ވާނެ ކަމަށް.“ އޮފިސަލް ވިދާޅުވި އެވެ.

އޭނާ ބުނީ އިބޫ ދޫކޮށް އިމްރާން ސަރުކާރުން ނިކުމެ ވަޑައިގަންނަށް މިހާރު އެއްވަލަށް ހަދާފައިވާ ކަމަށާއި ވަރަށް އަވަހަށް އަދާލަތުން ގޮތް ނިންމާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!