ތިނަދޫއިން ނަސީދަށް ހޫނު މަރުހަބާއެއް ދަންނަވައިފި
ދެންމެ | 02 ޑިސެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ގދ.ތިނަދޫ އަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު ނަޝީދު ތިނަދޫ އަށް ވަޑައިގެންނެވުމުން ތިނަދޫ ކައުންސިލް މެމްބަރުންނާއި އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ނަޝީދު ތިނަދޫއަށް ވަޑައިގެންނެވީ ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އަޕްސްކިލިންގ އަދި ޓްރެއިނިންގ ޕްރޮގްރާމްގެ ޑައިވިންގ ދާއިރާއާއިން މީހުން ތަމްރީނުކުރުމަށް ކުރިއަށް ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތަށެވެ.

މީގެއިތުރުން ތިނަދޫ އެމްޑީޕީ ހަރުގޭގައި މިރޭ ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް