އަރުވާލީ އެސްޓީއޯއިން ވައްކަން ކޮށްގެން، އެކަމު އެއީ ޓިނަކުން ނޫން: އަދުރޭ
ދެންމެ | 10 އޭޕްރިލް 2023

އޭނާއަށް ”ޓިނު އަދުރޭ“ ކިޔުމުގެ ފަހަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަރުވާލީ އެހެން މައްސަލައެއްގައި ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދަދުން ގެނެސްދޭ ސިޔާސީ ޓޯކް ޝޯ ”ކުޅިކޮށް“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާއާ ދިމާލަށް ޓިނު އަދުރޭ ކިޔާ މީހުންނަށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

”ވަރަށް ގިނަ މީހުން މީޑިއާގައި އެބަ ކިޔާ ޓިނު. އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އަޅުގަނޑަށް ވެސް ނޭނގޭ ކީއްވެ ކިޔާ އެއްޗެއް ކަމެއް،“  އަދުރޭ ބުންޏެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭނާ އަރުވާލީ އެސްޓީއޯގެ ވަޒީފާއެއްގައި އުޅުނުއިރު ދިމާވި ފައިސާގެ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ވިދާޅުވީ އެއިރު ވެސް އެއްވެސް ކުށެއް ނުކުރާ ކަމަށެވެ.

”އަޅުގަނޑު 1985 ގައި އެސްޓީއޯގެ ވަޒީފާގަ ހުރީ. ހުއްޓާ އެތަނުގައި ދިމާވިި ވައްކަމުގެ ފައިސާގެ މައްސަލައެއްގައި އަޅުގަނޑުގެ މައްޗަށް ތަހުގީގެއް ހިންގާފައި ދުވަސްކޮޅަކަށް ހުކުމްކޮށްފައި އަޅުގަނޑު އަރުވާލީ،“ އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އޭނާއަކީ ވެރިކަން ބޭނުންވާ މީހެއް ނޫން ކަމަށާއި އަބަދުވެސް ހުންނަން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންގެ ބަސް ބުނާ މީހެއްގެ ގޮތުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!