އެމްޑީޕީ މައި ހަރުގެ ހުސްކުރަން ގޭގެ ވެރިފަރާތުން އަންގައިފި
ދެންމެ | 29 އޭޕްރިލް 2023

އެމްޑީޕީ މައި ހަރުގެ ހުސްކުރަން ގޭގެ ވެރިފަރާތުން އެމްޑީޕީއަށް އަންގައިފި އެވެ.

އެމްޑީޕީ މައި ހަރުގޭގެ ވެރިޔާ ސަފިއްޔާ ޒުބައިރު އެމްޑީޕީގެ ޗެއަރޕާސަން ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒަށް ފޮނުވާ ނޯޓިސްގައި ބުނެފައި ވަނީ ތަން ހުސްކޮށް ހަވާލު ކުރަން ދަންނަވާފަ އެވެ.

ބަގްރޫޓް ފައްޔާޒު ޗެއަރޕާސަން ކަމާއި ހަވާލުވި ފަހުން އެމްޑީޕީގެ ތެރޭގައި ހަމަ ޖެހުމެއް ގާއިމް ކުރެވިފަ އެއް ނުވެ އެވެ. އަބަދުމެ ރޮދިކެނޑި ރުޅި ގަދަވެފަ ހުންނަ ފައްޔާޒުގެ ސަބަބުން މުޅި ޕާޓީ ފުޑުފުޑު ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

އެމްޑީޕީ ފަހުރެއް ކަމަށް ދެކޭ އެޕާޓީގެ މައި ހަރުގެ ހުސް ކުރުމަށް ހަރުގޭގެ ވެރިޔާ ސަފިއްޔާ ޒުބައިރު އަންގަވާފައިވާއިރު އޭނާ އަކީ އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓެކެވެ. އަދި ދެ ކަފި ވެފައިވާ އެމްޑީޕީގެ ރައީސް ނަސީދަށް ތާއީދު ކުރާ ފަހުލަވާނެ ކެވެ.

އެމްޑީޕީގެ މައި ހަރުގެ ހުންނަނީ މާލޭ ބޮޑުތަކްރުފާނު މަގު އާޓިފިސިއަލް ބީޗް ކުރިމަތީގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!