މީހެއްގެ ފިރިއަކަށް ހިތްކިޔާ ގުޅުން ހިންގުމަކީ ގޯހެއްތަ!
ދެންމެ | 20 މެއި 2023

މީހެއްގެ ފިރިއެއްދެކެ ލޯބިވުމަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ އުނދަގޫ ހާލަތަކަށް ވެދާނެ އެވެ. މީހަކާ މެދު އިހުސާސެއް އުފެދުމަކީ ތަބީއީ ކަމެއް ކަމުގައި ވިޔަސް، މި އިހްސާސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ވެސް އަދި އެހެން މީހުންނަށްވެސް ކުރާނެ އަސަރެއް ބެލުމަކީ މުހިއްމު ކަމެކެވެ.

ފިރިހެންވަންތަ ފިރިހެނަކަށް ހިތްލެބި ހިނގާ އިސްގީ ޖަޒްބާތީ ރާޅުތަކަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭނެ އިހްސާސްތަކެއް ނޫނެވެ.

ފުރަތަމަ ކަމަކަށް ކައިވެނީގެ ހައްދުތަކަށް އިހްތިރާމް ކުރަން ޖެހޭނެއެވެ. ކައިވެންޏަކީ ދެމީހެއްގެ މެދުގައި އޮންނަ ވަރުގަދަ މާތް ގުޅުމެކެވެ. މި ގުޅުމަށް އިހްތިރާމް ކުރުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް ދެ މީހުންގެ ޖަޒުބާތުތަކާއި އިހްސާސްތައް ހުދޫދެއްގެ ތެރެއިން ގާއިމް ކުރުމަކީ ގޯހެކޭ ބުނާކަށް ނެތީމެވެ. ކައިވެނިކޮށްގެން އުޅޭ މީހަކާ ގުޅުމެއް ބޭއްވުމަކީ އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ގުޅިފައިވާ އަދި ފުން އަސަރުތަކެއް ލިބިދާނެ ކަމެކެވެ.

މީހެއްގެ ފިރިއެއް ދެކެ ލޯބިވެވިއްޖެ ނަމަ ތިމާގެ އިހުސާސްތަކުގެ ސަބަބުން ނިކުމެދާނެ ނަތީޖާ އަކަށް ވިސްނާލުން މުހިންމެވެ. އަދި ގުޅުން ހިތް އުފާކޮށްލެވޭ ގުޅުމެއްގެ ގިތުގައި ބޭއްވުން މުހިއްމެވެ.  އެދެމަފިރިންގެ ދިރިއުޅުން ހަލާކުވެދާނެ ކަމާއި ކުދިން ތިބި ނަމަ އެކުދިންނަށް ކުރާނެ އަސަރާއި މެދު ވެސް ވިސްނާލަންވާނެއެވެ.

އެ މީހަކަށް އެކަމުގައި ކިތަންމެ ފުން އަދި ވަރުގަދަ އިހްސާސެއް ކުރެވޭ ކަމެއް ކަމުގައި ވިޔަސް، ހާލަތަށް ބަލާލުން މުހިންމެވެ. ކައިވެނިކޮށްގެން އުޅޭ މީހަކާ ލޯބީގެ ގުޅުން ބޭއްވުމަކީ ޖަޒުބާތީ ގޮތުން އުނދަގޫ ކަމަކަށް ވެދާނެ ކަމެކެވެ.  އެހެންނަމަވެސް ހިތް އުފާ ކޮށްލުމަކީ ނެތް ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކުރެވި ލަދުވެތިކަމާއި ހިތާމައާ ކުރިމަތިވެދާނެ އެވެ.

މީހެއްގެ ފިރިއެއްދެކެ ލޯބިވަނީ އެހެން މީހުން ނުލިބޭތީ ހެއްޔެވެ. ނޫވަތަ، މިހާރުވެސް ތިމާޔަށް ނުލިބޭނެ ކަން އިނގޭ މީހެއްގެ ފަރާތުން ސަމާލުކަން ހޯދަންވެގެން ހެއްވެ. އެހެން ކަމަށްވާނަމަ، ތިމާގެ އިހުސާސްތަކާއި ނިޔަތާއި މެދު ވިސްނާލާ އަމިއްލަ ނަފްސަށް ތެދުވެރިވުމާއި، އިތުބާރު ހުރި ރައްޓެހިން ނުވަތަ ޕްރޮފެޝަނަލް ފަރާތްތަކުގެ ސަޕޯޓާއި އިރުޝާދު ހޯދުމަކީ އެންމެ ރަނގަޅުގޮތެވެ.

މީހެއްގެ ފިރިއެއްދެކެ ލޯބިވެވިއްޖެކަން އަމިއްލައަށް އިހުސާސް ވެއްޖެ ނަމަ، އެމީހާ އާ ދިމާއަށް އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން، ފަހަތަށް ފިޔަވަޅެއް އަޅައި ހުރިހާ ދިމާލަކުން ހާލަތާ މެދު ވިސްނާލަން ވާނެއެވެ. ޖުމްލަކޮށް އެންމެނަނަށް ކުރާނެ އަސަރު ވިސްނާލަން ވާނެއެވެ.

ދެ އަންބަށް އިންނަން ބޭނުން ނަމަވެސް، އެކަމުގެ ނަތިޖާ ހުރިހާ ގޮތަކުން ވިސްނާލަން ވާނެއެވެ. ފިރިހެން މީހާގެ ފޯރުންތެރިކަމާ، ވަފާތެރިކަމާ، ތެދުވެރިކަމާ ހުރިހާކަމަކަށް ބަލަންވާނެއެވެ. އަދި އޭނާގެ އާއިލާ އަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ވެސް ވިސްނަން ވާނެ އެވެ. އަމިއްލަ އެދުން އިސްކޮށް މަސްލަހަތު ނަގާލާކަށް ނުވާނެއެެވެ.

އަދި މީހެއްގެ ފިރިއެއް ދެކެ ލޯބިވެވި، އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އުންދަގޫވެ، ގެއްލުމެއްވާނަމަ، ކައުންސެލިންގ ނުވަތަ ތެރަޕީ ހޯދުމަކީ އެހީއަކަަށް ވެދާނެއެވެ.

އެހެން ކަމުން، މިފަދަ ކަމެއް ކުރުމުގެ ކުރިން ނަތިޖާއާ މެދު ރަނގަޅަށް ވިސްނާ، ހިޔާލު ހޯދާ، އެހެން މީހުންގެ އިހުސާސްތައް ދަނެ، މަސްލަހަތައް އިސްކަންދިނުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!