މުއްސަދި ދިރިއުޅުމެއް ބޭނުން ތަ!
ދެންމެ | 24 އޯގަސްޓް 2023

އިމާމު އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

 

ރިޒްޤު ދަތިވާ 4 ސަބަބެއްވެއެވެ.

1 ހެނދުނު ނިދުން

2 ނަމާދަށް ފަރުވާކުޑަކުރުން

3 ކަންނެތްކަން

4 ޚިޔާނާތްތެރިވުން

(زاد المعاد 4/378)

ފުރަތަމަ 3 ކަންތައް ގުޅިފައިވަނީ އެމިހާގެ ކަންނެތްކަމާއެވެ. ފަރުވާކުޑަކަމާއެވެ. ދޯދިޔާ ކަމާއިއެވެ. 4 ވަނަ އަށް އެއޮތީ ޚިޔާނާތްތެރިވުމެވެ. ޚިޔާނާތްތެރި ނުވުމުން އެކަމުން ވެސް ސަލާމަތްވެވުނީއެވެ.

ވީމާ އިމާމު އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވާ މި 4 ސަބަބުވެސް ގުޅިފައިވަނީ އެމީހަކާއިއެވެ. ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާއަށް އޮތީ އަވަހަށް އިޞްލާޙްކޮށްލުމެވެ.

ގުޅުންހުރި ލިޔުންތައް