ލަގްޒަރީ އެޕާޓްމެންޓަކާއި އެކު 5 މިލިޔަނަށް މެމްބަރު ޖޭފޯ ރައީސް ސޯލިހް ބައްލަވައިގެންފި
ދެންމެ | 21 މެއި 2023

އެސްޖޭގެ ލަގްޒަރީ އެޕާޓްމެންޓަކާއި އެކު 5 މިލިޔަން ރުފިޔާއަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން (ޖޭފޯ) ރައީސް ސޯލިހަށް ބައްލަވައިގެންފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ޖޭފޯ އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލެގައި އެސްޖޭ ކްރީކް ރެސިޑެންސްގެ 3 ރޫމްގެ އެޕާޓްމަންޓަކާއި، 5 މިލިއަން ރުފިޔާއަށް، ފ.ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލް މުހުސިން، ރައީސް ސޯލިހު އަށް ބައިތުހިފާފައި ވާއިރު އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ ހަފްތާގައި ވަނީ ވަކިވެފަ އެވެ.

މަޖިލީހުގައި އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ޖޭފޯ އެމްޑީޕީއަށް ބޮޑު އަގުގައި ވިކިފައިވާއިރު ނިލަންދޫ ދާއިރާއަކީ އެމްޑީޕީގެ ފިކުރާ ދިމާ އިދިކޮޅު ފިކުރުގެ ރައްޔިތެއް ދިރިއުޅޭ ދާއިރާ އެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!