ލަގްޒަރީ އެޕާޓްމެންޓަކާއި 5 މިލިޔަނުގެ އަގަކަށް ރައީސް ގަތް މެމްބަރ ޖޭފޯ ސޮއިކުރަން ރަސްމިއްޔާތެއް ބާއްވައިފި
ދެންމެ | 27 މެއި 2023

އެސްޖޭގެ ލަގްޒަރީ އެޕާޓްމެންޓަކާއި އެކު 5 މިލިޔަން ރުފިޔާއަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން (ޖޭފޯ) ރައީސް ސޯލިހް ބައްލަވައިގެން ރަސްމިއްޔާތުގައި އެމަނިކުފާން ބައިވެރިވަޑައިގެންފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭފޯގެ ސަރަފްގައި ބާއްވި ރަސްމިއްޔާތު އޮތީ ނިލަންދޫގަ އެވެ.

ހުޅުމާލެގައި އެސްޖޭ ކްރީކް ރެސިޑެންސްގެ 3 ރޫމްގެ އެޕާޓްމަންޓަކާއި، 5 މިލިއަން ރުފިޔާއަށް، ފ.ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލް މުހުސިން، ރައީސް ސޯލިހު އަށް ބައިތުހިފާފައި ވާއިރު އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ ހަފްތާގައި ވަނީ ވަކިވެފަ އެވެ.

މަޖިލީހުގައި އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ޖޭފޯ އެމްޑީޕީއަށް ބޮޑު އަގުގައި ވިކިފައިވާއިރު ނިލަންދޫ ދާއިރާއަކީ އެމްޑީޕީގެ ފިކުރާ ދިމާ އިދިކޮޅު ފިކުރުގެ ރައްޔިތެއް ދިރިއުޅޭ ދާއިރާ އެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!