މަހުގައި އަތްލައި މަހާ ކުޅެ ހަދަން ބިރު ގަނޭ ތަ!
ދެންމެ | 13 ޖުލައި 2023

އިޗްތިއޯފޯބިއާ އަކީ ދިރިހުރި މަހާއި މަރުވެފައިވާ މަސްދެކެ އިންތިހާއަށް ބިރުގަތުމެވެ. މިފަދަ ބިރުވެރިކަން އުފެދިފައިވާމީހުންގެ ބިރު، މަސް ފެނުމާއި، ވަސްދުވުމާއި، އަޑުއެހުމާއި، އަތްލުމާއި، މަސް ކެއުމަށް ހުރަސްއަޅައެވެ.

އިޗްތިއޯފޯބިއާ ޖެހިފައިވާ މީހުން އާންމުކޮށް ބިރުގަންނަނީ ހުރިހާ ވައްތަރެއްގެ މަހަކަށް ކަމުގައި ވިޔަސް، އެއީ ކިތަންމެ ގެއްލުމެއް ނެތް އަދި ނުރައްކާތެރި މަހެއް ކަމުގައި ވިޔަސް ބިރުގަނެއެވެ. އިޗްތިއޯފޯބިއާ ހުންނަ މީހަކަށް ދިރިހުރި ނުވަތަ މަރުވެފައިވާ މަހެއް ފެނިއްޖެނަމަ ހަމަބުއްދި ގެއްލޭހާ ބިރުގަނެއެވެ.

އިޗްތިއޯފޯބިއާގެ ސަބަބުން މަހާއި ދުރުހެލިވުމުގެ ސުލޫކުތައް އުފެދި، ދިރިހުރި ނުވަތަ މަރުވެފައިވާ މަހެއް ފެންނާނެ އެއްވެސް ތަނަކުން ނުވަތަ ހާލަތަކުން ދުރުހެލިވެ، މޫދަށް އެރުމާއި އެކްވަރިއަމްތަކާއި މެރީނާތަކާއި ކަނޑުމަހުގެ ރެސްޓޯރެންޓްތަކާއި މަސް މާރުކޭޓްތަކާއި ސުޕަމާކެޓްތަކަށް ނުދިއުން ހިމެނެއެވެ.

މިބަލި ހުންނަ މީހުން ކެއުމަށް މަސް ބޭނުންކުރާ ގޭގެެއަށް ދިއުމާއި މަސްޓޭންކް ގެންގުޅޭ ގޭގެއަށް ދިއުމަށް ޖެހިލުންވެއެވެ. މިފަދަ މީހުން މަސައްކަތްތައް ކުރުމުގެ ގާބިލްކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން އިޖުތިމާއީ ދިރިއުޅުމަށް އަސަރުތަކެއް ކުރެއެވެ.

އިޗްތިއޯފޯބިއާ ހުންނަ މީހަކަށް ވަކި ހާލަތްތަކެއްގައި ކަންކަމަށް ސަމާލުކަން ދޭން ނުވަތަ ވަޒީފާ އަދާކުރުމަށް ދަތިވެ، އޭނާގެ ބިރުވެރިކަމުން އޭނާގެ ދުވަހުން ދުވަހަށް ދިރިއުޅުމަށް ހުރަސްއެޅޭކަން ފާހަގަވާނެއެވެ. ބައެއް މީހުންނަށް މަހެއްގެ ޚިޔާލުތަކުން ދުރުނުވެވި ނުވަތަ މަހަކާ ދިމާވެދާނެ ކަމުގެ ބިރު ހީވުމުގައި ދުވަސްހޭދަކުރެއެވެ. މިސާލަކަށް ރެސްޓޯރެންޓެއްގައި އެއްވެސް މީހަކު މަސް އޯޑަރު ކޮށްފިނަމަ ސްޓްރެސް އާއި ހާސްކަން އިހުސާސް ކުރެވިދާނެ އެވެ.

މިފަދަ ފޯބިއާ ތަކަކީ އާދައިގެ ކަމެއްގެ ގޮތުަގައި ހީކުރެވުނުނަމަވެސް މިއީ ސީރިއަސް މައްސަލައެކެވެ. މިކަމަށް ރަނގަޅު ފަރުވާ ހޯދާ ފޯބިއާއާއި ކުރިނަތި ލުމުގެ އުކުޅުތަކަށް ހޭނެން ދަސްކުރުމުން މިކަމުން ލިބޭ ގެއްލުން ކުޑަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!