ބަގުރޫޓް ފައްޔާޒު ހިސޯރުކުރި ހަރުގޭގެ އެއްވެސް ހައްގެއް އެމްޑީޕީއަކަށް ނެތް: ކޯޓު
ދެންމެ | 30 މެއި 2023

އެމްޑީޕީގެ ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ މައި ހަރުގެ ހިންގާ އިމާރާތް ހުސްކުރަން އެތަނުގެ ވެރިފަރާތުން މިދިޔަ މަހު އެންގި މައްސަލަ އެ ޕާޓީން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެމްޑީޕީން ދާދިފަހުން ވަކިވި މެމްބަރުންތަކެއް އިސްވެ އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރަޓްސް ޕާޓީން އިއްޔެ ވަނީ ހަރުގެ ހިންގާ ތަނަށް ވަދެ، އެތަން އަތުލައިފަ އެވެ.

އެމްޑީޕީން ސިވިލް ކޯޓުގައި މިއަދު އެދުނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެކަމަކު އެ ކޯޓުން ނިންމި ނިންމުމުގައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.

އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ އެފަދަ ހައްގެއް މިވަގުތު ފެންނަން ނެތްއިރު، އެ ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންވެ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެމްޑީޕީން އެ މައްސަލާގައި ދައުވާކުރަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް ހަރުގެ ބޭނުން ކުރުމުގެ ހައްގު އެ ޕާޓީއަށް ލިބިގެންވާ ކަމަށް ކަނޑައެޅުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!