ކިރާ ނުކުޅެ، ބޮޑެތި ބަނޑުތައް ވެސް ހިތްދާލުމުގެ އޮޕަރޭޝަން އައިޖީއެމްއެޗްގައި ފަށައިފި
ދެންމެ | 16 ޖޫން 2023

އުރަމަތި ކުޑަ ކުރުމުގެ އިތުރުން ބޮޑެތި ބަނޑުތައް ހިންދާލުމުގެ އޮޕަރޭސަން ވެސް އައިޖީއެމްއެޗްގައި ފަށައިފި އެވެ.

އައިޖީއެމްޗުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެހޮސްޕިޓަލްގެ ޕްލާސްޓިކް ސާރޖަރީ ޑޮކްޓަރުންގެ ޓީމުން ބަނޑު ހިންދާލުމުގެ އޮޕަރޭޝަންތައް ކާމިޔާބު ކަމާއި އެކު ކޮށްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްގެ ޓުވީޓުގައި ހަށިގަނޑުގައި ހުންނަ އެކި އެކި އައިބުތައް ފިލުވާލުމުގެ އޮޕަރޭސަން ވެސް ކުރާކަން ހާމަކޮށްފައި ވެއެވެ.

އައިޖީއެމްއެޗުން ޕްލާސްޓިކް ސާރޖަރީ ކާމިޔާބު ކަމާއި ކުރާކަން އިއުލާން ކޮށްފައިވާއިރު އެހޮސްޕިޓަލަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!