ޓިނު އަދުރޭ ވައްކަން ކޮށްގެން އަރުވާލި ކުޑަރިކިއްޔަށް ގޮސް ވައްކަމުގެ ހަދާން އާ ކޮށްފި
ދެންމެ | 01 ޖުލައި 2023

ރައީސް މައުމޫން ސަރުކާރުގައި ވައްކަން ކޮށްގެން ބ. ކުޑަރިކިއްޔަށް އަރުވާލި ޓިނު އަދުރޭ އަނެއްކާ ވެސް އެރަށަށް ގޮސް ވައްކަމުގެ ހަދާންތައް އާ ކޮށްފި އެވެ.

ކުޑަރިކިއްޔަށް ޓިނު އަދުރޭ ދިއުމުން އެރަށުން އޭނާ ގޮވައިގެން އުޅެފައި ވަނީ ޓިނު އަދުރޭ އަރުވާލިގޭގެ ކުއްޖެކެވެ.

އެކުއްޖާ ފޭސްބުކުގައި ޓިނު އަދުރޭގެ ފޮޓޯއަކާއި އެކު ލިޔެފައި ވަނީ ކުޑަރިކިއްޔަކީ ޒަމާނުއްސުރެ މެހެމާންދާރީގެ ނަމޫނާ ރަށެއް ކަމަށެވެ. އަދި އީދުތެރޭ ކުޑަރިކިލުން ބައްދަލުވުމަކީ އުފަލެއް ކަމަށެވެ.

އަޅުގަނޑުމެންގެ ގެ ބ. ކުޑަރިކިލު ނޫރާނީމާގެ އަކީ އަބްދުރަހީމްގެ ޅައިރުގެ ވަރަށް ހާއްސަ ހަނދާންތަކަކާ ގުޅިފައިވާގެއެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިނު އަދުރޭ އެސްޓީއޯއިން ވައްކަންކޮށްގެން ކުޑަރިކިއްޔަށް އަރުވާލުމުން ދިރިއުޅެފައި ވަނީ ނޫރާނީމާގޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

You must be logged in to post a comment.