މާލޭން ސަރަހައްދުން ގޯތި ދީފައި ވަނީ ބިމާއި ބެހޭ ގާނޫނާއި ހިލާފަށް: ކުރީގެ ޕީޖީ މުއިއްޒް
ދެންމެ | 04 ޖުލައި 2023

ސަރުކާރުން މާލޭން ސަރަހައްދުން ގޯތި ދީފައި ވަނީ ބިމާއި ބެހޭ ގާނޫނާއި ހިލާފަށް ކަމަށް  ކުރީގެ ޕީޖީ މުއިއްޒް ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުން ގޯތި ދިނުމާއި ބެހޭ ގޮތުން ރައީސް އޮފީސް ޓެގް ކޮށް މުއިއްޒް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ބިމާ ބެހޭ ގާނޫނު ބުނާ ގޮތުން ހައުސިންގ މިނިސްޓްރީން ގޯތި ދެވޭނެ ހަމައެއް ނެތް ކަމަށެވެ.

ބިމާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނީ މިނިސްޓްރީން އާއްމްކޮށް އިއުލާން ކުރާ އުސޫލުތަކަކާއި އެއްގޮތަށް އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.

ގާނޫނާއި ހިލާފަށް ސަރުކާރުން އާއްމްކޮށްފައިވާ ގޯތި ދޭ މީހުންގެ ލިސްޓްގައި އިންޑިޔާގެ ގިނަ އަދަދެއްގެ މީހުންގެ އިތުރުން މަރުވެފައިވާ މީހުންނާއި ހިޔާ ފްލެޓް ލިބިފައިވާ ގިނަ އަދަދެއްގެ މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!