ރައީސް އިބްރޭގެ އަގު ހެޔޮ ޓިކެޓުން ރައްޔިތުން ކޮސްވެ، އަންތަރީސް!
ދެންމެ | 04 އޯގަސްޓް 2023

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން، މި އަހަރުގެ ސްކޫލް ބަންދުގެ ބޮޑު ޗުއްޓީގައި ރާއްޖޭގެ އެކި މަންޒިލްތަކަށް 3،696 ދަތުރުކޮށް، 132،512 މީހުން އުފުލައިފިއެވެ.

ސްކޫލް ބަންދު ޗުއްޓީގައި ބާރު އެތެރޭގެ އުދުހުންތަކުގެ ބާރު ބޮޑެވެ. އަގު އަދި މާ ބޮޑެވެ. ހާާއްސަކޮށް މޯލްޑިވިއަންގެ ދަތުރުތައް އިންތިހާއަށް އިތުރުވެއެވެ. އަދި ރައްޔިތުން ހަނާ ވުން މާ އިތުރެވެ. ޗުއްޓީ ވެގެން ދަނީ މޯލްޑިވިއަންގެ މުވައްޒަފުންނަށްވެސް ވަރަށް ބާރުބޮޑު ދުވަސްވަރަކަށެވެ. އެތައް ވަގުތެއް މަސައްކަތުގެ ތެރޭގައި ހޭދަ ކުރެއެވެ. އެހެންނަމަވެސް ފުލައިޓް ޑިލޭވުމަކަށް ހައްލެއް ނެތެވެ.

މިގޮތުން ޖޫން 15 އިން އޮގަސްޓް އެއް ވަނަ ދުވަހާއި ހަމައަށް މޯލްޑިވިއަން އިން 3،696 ދަތުރު ރާއްޖޭގެ އެކި ހިސާބުތަކަށް ކޮށްފައި ވެއެވެ. މީގެ ތެރޭގައި ޝެޑިއުލް 3528 ދަތުރާއި، އިތުރު ފްލައިޓްގެ ގޮތުގައި އެޅި 168 ދަތުރު ހިމެނެއެވެ.

ރައީސް އިބުރޭ ވެރިކަމަށް އަންނަން ވެގެން އަގު ހެޔޮ ކުރާނެ ކަމަށް ބުނި އަގު ހެޔޮ ޓިކެޓްގެ ހިލަމެއް ނެތެވެ. އެކަން ދެނަހުރި މީހަކު ނެތެވެ.

މޯލްޑިވިއަން އިން ހިއްސާ ކުރި މައުލޫމާތައް ބަލާއިރު، މި ޗުއްޓީގައި މޯލްޑިވިއަން އިން އެންމެ ގިނައިން ދަތުރުތައް ކޮށްފައި ވަނީ އައްޑޫ ސިޓީ ގަމަށެވެ. އެއީ 510 ދަތުރެވެ. ގަމުގެ ޓިކެޓްގެ އަގު ޑްބާއީ އަށް ޓިކެޓް ވުރެ ބޮޑެވެ. ދެވަނައަށް އެންމެ ގިނައިން މޯލްޑިވިއަން އިން ކޮށްފައި ވަނީ ކާޑެއްދޫއަށެވެ. އެއީ 453 ދަތުރެވެ. އޭގެތެރޭގައި ހިމެނެނީ 449 ޝެޑިއުލް ދަތުރާއި، އެޑިޝަނަލް ފްލައިޓްގެ ގޮތުގައި އެޅި ހަތަރު ދަތުރެވެ. ތިން ވަނައަށް އެންމެ ގިނައިން ދަތުރުތައް ކޮށްފައި ވަނީ ކޫއްޑޫއަށެވެ. އެއީ 438 ދަތުރެވެ. އޭގެ ތެރޭގައި ޝެޑިއުލް 424 ދަތުރާއި، އެޑިޝަނަލް ފްލައިޓްގެ ގޮތުގައި އެޅި 14 ދަތުރު ހިމެނެއެވެ. މި ހުރިހާ މަންޒިލަކަށް ވެސް ޓިކެޓްތައް ހުރީ ރައީސް އިބުރޭ ބުނެފައިވާ ހެޔޮ އަގު ގައެއް ނޫ ނެވެ. ހެސްކިޔާފައި ބޮޑު އަގުގަ އެވެ.

އާއްމު ހާލަތްތަކުގައި މޯލްޑިވިއަންގައި 122،784 ފަސެންޖަރުން ދަތުރު ކުރާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިފަހަރުގެ މި މުއްދަތުގައި 132،512 ފަސެންޖަރަކު ދަތުރު ކޮށްފައިވާ ކަމަށް ދައްކައެވެ. އެހެންކަމުން މިއީ އާއްމު ހާލަތްތަކާއި އަޅާކިޔާއިރު، 9،728 ފަސެންޖަރުންގެ އިތުރުވުމެެކެވެ.

މި މުއްދަތުގައި އެންމެ ގިނައިން ފަސެންޖަރުން ދަތުރު ކޮށްފައި ވަނީ ޖޫން 22 ވަނަ ދުވަހުއެވެ. އެ ދުވަހު 3،666 ފަސެންޖަރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރު ކޮށްފައި ވެއެވެ.

މި މުއްދަތުގައި މޯލްޑިވިއަން އިން އެންމެ ގިނައިން ފަސެންޖަރުން އުފުލާފައި ވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީއަށް 19،608 ދަތުރު ކޮށްފައިވާއިރު، އެ ލިސްޓުގެ ދެވަނައިގައި އޮތް ކޫއްޑޫއަށް 15،438 ފަސެންޖަރުން އުފުލާފައިވާއިރު، ތިން ވަނައިގައި އޮތް ކާޑެއްދޫއަށް އުފުލާފައި ވަނީ 15،258 ފަސެންޖަރުންނެވެ.

ރައީސް އިބުރޭ އަގު ހެޔޮ ކުރަން ބުނި ޓިކެޓް ވީ ދަނެއް އިނގޭ އިންސިއެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!