ފައިސަލް ރޮއްވާލުމަށް ފަހު އަސްލަމަށް ރަނިންގ މޭޓްކަން ދިނުމުން ފައްޔާޒު ރޮދި ކެނޑިއްޖެ
ދެންމެ | 04 އޯގަސްޓް 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓުކަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް ދިނުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްލަމަށް ރަނިންމޭޓުކަން ދިނުމަށް ރައީސް އިބްރާހީމް ނިންމެވީ މިއަދުގެ ވަގުތެއްގައެވެ. އަދި އެކަން މިއަދު ރައީސް އިބްރާހީމް ވަނީ ނައިބު ރައީސް ފައިސަލް ނަސީމަށްވެސް އަންގަވާފައެވެ. މިއަދާ ޖެހެންދެން ފައިސަލް ނަސީމްވެސް ހުންނެވީ ރަނިންމޭޓުކަން ލިބިލައްވާނެ ކަމުގެ އުންމީދުގައެވެ.

އަސްލަމަށް ރަނިންމޭޓުކަން ދޭން ނިންމަވާފައިވާތޯ އަސްލަމްއާއި ސުވާލުކުރުމުން އަސްލަމް އެއްވެސް ޖަވާބެއް ނުދެއްވައެވެ. އަސްލަމަކީ މަޖިލީހުގައި މިވަގުތު ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރައްވަމުން ގެންދަވާ އެއް ބޭފުޅާއެވެ.

2013 ވަނަ އަހަރު ރައީސް ނަޝީދުވެސް އަސްލަމަށް ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުވަގުތު ރަނިންމޭޓުކަން ދެއްވީ ޑރ.މުސްތަފާ ލުތުފީއަށެވެ.

މަޖިލީހުގައި ގިނަ ދުވަހު މެމްބަރުކަން ކުރެއްވި ނަމަވެސް އަސްލަމަކީ މަޖިލީހުގައި އެހާ ހަރަކާތްތެރިކޮށް ފެންނަ ބޭފުޅެއް ނޫންކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!