ގާސިމް ފަޅެއް ވިއްކާލައި، 300 މިލިޔަން ނަގުދުން ބަހަން ނިންމައިފި
ދެންމެ | 07 އޯގަސްޓް 2023
ޤާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ރިސޯޓެއް ތަރައްޤީ ކުރުމަށް ދީފައިވާ ކ.ވާވެއްދި ފަޅު މެދުއިރުމަތީ ގައުމެއްގެ މުއްސަނދި އާއިލާއަކަށް ވިއްކާލައިފިއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި އެ ފަޅު ވިއްކާލާފައިވަނީ 15 މިލިއަން ޑޮލަރަށެވެ. އެއީ 231 މިލިއަން ދިވެހި ރުފިޔާއެވެ. މި ފައިސާ ހަރަދުކުރަން ހަމަޖެހިފައިވަނީ ޤާސިމްގެ ރިޔާސީ ކެމްޕެއިނަށެވެ.

 

ކެމްޕޭނަށް ގިނަ އަދަދެއްގެ ފައިސާ މިހާރު ޤާސިމް އަތުގައި ނަގުން ޖަމާކޮށްފައި ހުރި ނަމަވެސް، ޤާސިމް ދަނީ އަތުގައި ފައިސާ އެހާ ގިނައިން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތަކުގެ އަރިހުގައި ވިދާޅުވަމުންނެވެ. އަދި ވީހާވެސް ބޮޑަށް ހަރަދުކުޑަކޮށް، ކެމްޕެއިނު ކުރެއްވުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ފަހު ވަގުތު ގާސިމްގެ ދީލަތިކަމާއި އެހީ ތެރިކަން ރައްޔިތުނަށް ފޯރުކޮށްދީ ގާސިމް އިންތިހާބު ގާސިމް ކާމިޔާބު ކުރައްވާނެ އެވެ.

ގާސިމް އިބްރާހިމަކީ ދީލަތިކަމުގެ ނަމޫނާ ބޭފުޅެކެވެ. ދިވެހިންނަށް ޖެހޭ ބޮޑެތި ކަންކަމުގެ އެންމެ ބޮޑު މަދަދުގާރެވެ. އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަ ކުރައްވާފައި ވަނީ ދިވެހި ގައުމުގެ ހިދުމަތުގަ އެވެ.

ގިނަ ރައްޔިތުން ގަބޫލު ކުރައްވާ ގޮތުގައި ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން ގައުމު އެހެން ހަރުފަތަކަށް ގެންދެވޭނެ ހަމައެކަނި ފަހްލަވާނަކީ ގާސިމެވެ.

ވާވެއްދި ފަޅު ވިއްކަން ޤާސިމް އެންމެ ފުރަތަމަ އުޅުއްވިއިރު، ރައީސް އިބްރާހީމްގެ އެންގެވުމަށް އޭސީސީން ވަނީ އެ ފަޅު ވިއްކުން ހުއްޓުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގަ އެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.

އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!