ކިރު ކަރުބުޑުގައި ތާށިވެއްޖެ ނަމަ ހަދާނީ ކިހިނެއް!
ދެންމެ | 12 އޯގަސްޓް 2023

ޗުއިންގަމަކީ އަނގަފޫހި ފިލުވަން، އަނގައިގެ ވަސް ތާޒާކޮށް، ސްޓްރެސް ފިލުވައި، ނުވަތަ ހަމައެކަނި ސިކުނޑި ހަމަޖައްސާލަން ކައިއުޅޭ އެއްޗެކެވެ. ނަމަވެސް ޗުއިންގަމް ކިރުގަނޑު ދިރުވާލުމުން، ގަމް ބަނޑުގައި އަހަރުތަކެއް ވަންދެން ހުރުމާއި ނުވަތަ ހަޖަމު ނުކުރެވުން ފަދަ ބިރުވެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް ބުނާ ވާހަކައެއް ޒަމާނުން ސުރެ އަޑުއިވެއެވެ.

އާންމުން ގަބޫލުކުރާ ގޮތާ ހިލާފަށް ޗުވިންގަމްކިރު ބަނޑުގައި ގިނަ ދުވަހުހަރުލާ ނުހުރެއެވެ. ހަމަ އެހެން ކާއެއްޗެހި ބޭނުންކުރާ ފަދައިން ޗުއިންގަމް ވެސް އެންމެ ފަހުން ހަޖަމުކުރުމުގެ ޕްރޮސެސްއަށް ވަދެއެވެ. ބަނޑުގެ އެސިޑާއި ހަޖަމުކުރުމުގެ އެންޒައިމްތައް މަސައްކަތް ކުރަނީ ޗުވިންގަމްކިރުގަނޑުގެ ބައިތައް ފުނޑުކޮށް ހަޖަމުކުރުމަށެވެ.

ޗުއިންގަމްގައި އެކުލެވޭ ގިނަމާއްދާއަކީ ހަޖަމުކުރެވޭ އެއްޗެހި ނަމަވެސް، އެކަން ނުވާ މުހިއްމު އެއް މާއްދާއަކީ ގަމްބޭސްއެވެ. އާންމުކޮށް ގަމް ބޭސް އެކުލެވިގެންވަނީ ސިންތެޓިކް ޕޮލިމަރސް، ނެޗުރަލް ރެސިންސް، ވެކްސް، އަދި ސޮފްޓްނަރސް އިން ކަމުން ޗުއިންގަމް އަށް ޗުއީ ޓެކްސްޗަރ ލިބިގެންދެއެވެ. މި ގަމް ބޭސް ބަނޑުގައި ހުންނަ ހަޖަމުކުރާ އެންޒައިމްތަކުގެ ސަބަބުން ފުނޑުވެގެން ނުދާތީ، މިކިރުގަނޑު ބަނޑުގައި އަހަރުތަކެއް ވަންދެން ތަތްވެފައި ހުންނަ ކަމަށް ގޯސް ވިސްނުމެއް ވަނީ އުފެދިފައެވެ.

ހަޖަމު ނުކުރެވޭ ސިފައެއްގައި ހުރި ނަމަވެސް، ޗުވިންގަމްކިރުގަނޑު މުއްދަތެއް ނެތް ގޮތަށް ބަނޑުގައި ނުހުރެއެވެ. އޭގެ ބަދަލުގައި އެހެން ތަކެއްޗާއިއެކު ހަޖަމުކުރާ ނިޒާމުގެ ތެރެއިން ބޭރުވެގެންދެއެވެ. ހަށިގަނޑުގެ ގުދުރަތީ ޕްރޮސެސްތަކުން ކުޑަ ގޮހޮރު ތެރެއިން ގެންދާއިރު، އެތަނުން ނިއުޓްރިއެންޓްސް ނަގާ، އެންމެ ފަހުން، ގޮހޮރުގެ ތެރެއިން އެބައި ނައްތާލެވޭނެ އެވެ. އާންމު ގޮތެއްގައި ގަމް ވެސް ދަނީ ހަޖަމު ނުކުރެވޭ އެހެން ތަކެތި ކަމަށްވާ އޮށް ނުވަތަ ބައެއް ވައްތަރުގެ ފައިބަރު ފަދަ ތަކެއްޗާ އެއް ބަޔަކަށެވެ.

އާންމުކަމަކަށް ނުވިނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދަކަށް ޗުވިންގަމްކިރު ދިރުވުމަކީ، ހާއްސަކޮށް ކުޑަކުދިންގެ ގޮހޮރު ބްލޮކޭޖް ވެދާނެ ކަމެކެވެ. މިކަން ދިމާވުމުގެ ފުރުސަތު ބޮޑުވަނީ ހަޖަމު ނުކުރެވޭ އެހެން މާއްދާތަކާއެކު ގަމް އެއްވާތީއެވެ. ނަމަވެސް ޗުވިންގަމްކިރާއި ގުޅުން ހުރި ބްލޮކޭޖްތަކުގެ މައްސަލަތައް މަދުން ދިމާވާއިރު، ގިނަ މީހުން އެއްވެސް މައްސަލައެއް ނެތި ޗުވިންގަމްކިރު ހަޖަމްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!