އަންނަ ދައުރުގައި ޒުވާނުންގެ މިނިސްޓްރީއެއް އުފައްދައި މިނިސްޓަރުކަން ޖާބިރަށް ދޭން ނިންމައިފި
ދެންމެ | 14 އޯގަސްޓް 2023

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީއަށް ބަދަލު ގެނެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޒުވާނުންގެ މިނިސްޓްރީ އަބަދުވެސް ހިންގަނީ އެ މިނިސްޓްރީގެ ތެރޭގައި ކުޅިވަރު މިނިސްޓްރީ ވެސް ހިމަނައިގެންނެވެ. އެގޮތަށް ދެ މިނިސްޓްރީއެއް އެއްކޮށްލައިގެން އެއް މިނިސްޓްރީއެއްގެ ގޮތުގައި ހިންގުމާ ގުޅިގެން ޒުވާނުންނަށް ދޭން ޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް ނުދެވޭ ކަމަށް ބައެއް ޒުވާނުން ބުނެ އެވެ.

ޒުވާނުންގެ މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން ނ. ލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީއަށް ބަދަލު ގެނެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ. އަދި ޔޫތް ކޯ އެއް ގާއިމުކޮށް ޔޫތް ލީޑަރުން އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ހާމަކުރި ޒުވާނުންގެ ސިޔާސަތުގައިވެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއްް އުފެއްދުމަށް ހުށަހަޅާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރާއި ދިޔާނާ ރައީސް އިބުރޭއަށް ތާއީދު ކުރުމަށް ނިންމާފައި ވަނީ ކެބިނެޓުން ޖާގަ ދެއްވާނެ ކަމަށް ރައީސް އިބުރޭ ބުނުމުންނެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ވެސް އިބުރޭ ބުނީ ޖާބިރަކީ ޒުވާނުންތެރޭގައި މަގުބޫލު ޒުވާނުންގެ ލީޑަރު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ޒުވާނުންނަކީ މާދަމާ ގައުމު ހިންގަން ތިބި މީހުން ކަަމަށްވާއިރު އެ މީހުންނަށް ބަސްބުނުމުގެ ފުރުސަތުދީ ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ހަދާއިރު އެ މީހުން ބައިވެރިކުރަންޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!