މަސައްކަތްތެރިންނަށް ސަރުކާރުން އުޖޫރަ ދޭނަން: ޑިމޮކްރެޓްސް
ދެންމެ | 16 އޯގަސްޓް 2023

އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ދައުލަތުން ރަސްމީ އާމްދަނީ އެއް ލިބޭނެ ގޮތް ހަދާނެ ކަމަށް ދަ ޑިމޮކްރޭޓްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް ވިދާޅުވީ މަސްވެރިންނެކޭ އެއްފަދައިން އަދިވެސް ރާއްޖޭގައި މަސައްކަތް ކުރާ މީހުން އެބަތިބި ކަމަށާއި، އެގޮތުން މިއުޒިކް ކުޅޭ ކުދިންނާއި، ވޯކްޝޮޕް ހިންގާ ކުދިންނާއި، އަމިއްލަ ސޮފްޓްވެއާ ހަދާކުދިންނާއި، ވެބްސައިޓް ހަދާކުދިންވެސް އެބަތިބި ކަމަށެވެ.

ނަމަވެސް މިއިން އެއްވެސް މީހެއް އާމްދަނީ އަކީ ދައުލަތުން ރަސްމީ އާމްދަނީއެއް ކަމަށް ނިންމާފައި ނުވާ ކަމަށެވެ.

”އެއިން ކުއްޖަކު ބޭންކުން ކުރެޑިޓް ކާޑެއް ހޯދަން ބުނީމަ އޭ ތިބޭފުޅާގެ ނެތޭ އާމްދަނީ އެއް ލިބޭން. ދޭތެރެއަކުން އެބަހުއްޓޭ ވިހިހާސް ނުވަތަ އެއްލައްކަ ޖަމާވެފަ. އެކަމަކު އެއީ އާމްދަނީއެއް ނޫނޭ.“އިލްޔާސް

މިފަދަ ފަރާތްތައް ކުރެޑިޓް ކާޑެއް ހޯދަން ބެންކަށް ދިއުމުންވެސް ލިބެނީ އާމްދަނީއެއް ނުލިބޭ ކަމުގެ ޖަވާބު ކަމަށާއި، އެފަދަ ފަރާތްތަކަށް ޑިމޮކްރޭޓްގެ ވެރިކަމެއްގައި ކުރެޑިޓް ކާޑްވެސް ލިބޭނެގޮތް އާމްދަނީގެ ތެރެއިން ހަމަޖައްސާނެ ކަމަށެވެ.

އިލްޔާސް ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމެއްގައި އާމްދަނީ ލިބޭނެ ގޮތަށް ބަލައިގަނެ ބޭންކުތަކުންނާއި އެހެން ހުރިހާ ފަރާތްތަކުން ލިބެންޖެހޭ ހުރިހާ ހައްގެއް ހޯދާނެ ކަމަށެވެ. އަދި އެ ހައްގުތައް ކަށަވަރު ކޮށްދޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

އެނިޒާމު ޑިމޮކްރޭޓުންގެ ވެރި ކަމެއްގައި ގާއިމް ކޮށްދޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!