ރައީސް އިބުރޭއަށް ރޯގަލްގެ އާލާސްކަންފުޅެއް ޖެހި ކެމްޕޭން ހުއްޓާލަން ނިންމައިފި
ދެންމެ | 17 އޯގަސްޓް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނަށް އއ. އާއި އދ. އަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލައްވައި މިއަދު މާލެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި، އަރިދަފުސްރޯގާ ޖެހިގެން އުޅުއްވާތީ ރަށްތަކަށް މިއަދު ދަތުރުކުރައްވަން ޑޮކްޓަރުން ހުއްދަ ނުދެއްވީ އެވެ.

ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި، ރައީސް އިއްޔެ ވަނީ އއ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފަ އެވެ. އަދި މިއަދު އދ.ގެ އަށް ރަށަކަށް ވަޑައިގަތުމަށް އޮތީ ޝެޑިއުލްކޮށްފަ އެވެ.

ރައީސް އިއްޔެ އއ. އަތޮޅުގެ ރަށްރަށުގައި ބޭއްވި ޖަލްސާތަކުގައި ވާހަކަ ދެއްކެވީ އާއްމުކޮށް ދައްކަވާ ވަރަށް ވުރެން ކުރުކޮށެވެ. އިއްޔެގެ ދަތުރު ތެރެއިން ވެސް އެމަނިކުފާނުގެ ހާލުކޮޅު ހުންނެވި ގޮތުން ބައެއް ރަށްރަށަށް ވަޑައިގަތުން ވެސް ލަސްކޮށްލި އެވެ.

ރައީސް އިއްޔެ ވަޑައިގަތީ ތޮއްޑޫ އާއި ރަސްދޫ އާއި ބޮޑުފުޅަދޫ އާއި މަތިވެރި އާއި މާޅޮސް އާއި ފެރިދޫ އަދި އުކުޅަހަށެވެ.

މިއަދު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހިމަންދޫ އާއި ހަންޏާމީދޫ އާއި ދިއްދޫ އާއި ދަނގެއްޗާއި ދިގުރަށާއި ކުނބުރުދޫ އާއި އޮމަދޫ އަދި މަހިބަދޫ އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!