ރަފިއްޔާ ހައްޓަށް ފޯކަކުން ވެސް އަދި އެހެން ގޮތަކަށް ވެސް ހަމަލާއެއް ނުދެން: އައްބާސް
ދެންމެ | 19 އޯގަސްޓް 2023

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު ޑރ.އައިޝަތު ރަފިއްޔާއަށް ހަމަލާ ދީފައި ނުވާނެ ކަމަށް ވިދާޅުވެ, ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެކަން ދޮގު ކޮށްފިއެވެ.

ރަފިއްޔާ މިއަދު އަށް ވިދާޅުވީ, މިދިޔަ ބުރާފަތި ދުވަހު އައްބާސް އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ހަމަލާދީފައިވަނީ ކިހިނެތް ކަމެއް އަދި ކޮން ސަބަބަކާއި ހުރެ ކަމެއް ރަފިއްޔާ ހާމަ ކޮށްފައެއް ނުވެއެވެ.

ރަފިއްޔާ ވިދާޅުވީ, އެމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އެކަމާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އައްބާސް ވިދާޅުވީ, ރަފިއްޔާ ހައްދަވަނީ ދޮގެއް ކަމަށާއި ރަފިއްޔާގެ ގައިގައި އޭނާ ޖެހިނަމަ, ހަލާލު އަންބެއް ވެސް ނުހުންނާނެ ކަމަށެވެ.

”އަޅުގަނޑު މިދަންނަވަނީ މާތްالله ގަންދީ ހުވާކޮށް, އެކަހަލަ ކަމެއް ނުކުރަން. އެކަމެއް ކުރި ނަމަ އަޅުގަނޑުގެ ހަލާލު އަންބެއް ވެސް ނުހުންނާނެ. ކޯފާ އެއް އަޔަސް ހެޔޮ. ގުރުއާނުގެ އަތް ލާފަ ވެސް ހުވާ ކުރަން ކެރޭނެ ނުކުރާ ކަމަށް“ އައްބާސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!