ދެވަނަ ބުރުގައި ވެސް ރައީސް އިބުރޭ ފަހަތަކަށް ނާރާނަން: ރައީސް ނަސީދު
ދެންމެ | 21 އޯގަސްޓް 2023

ދެވަނަ ބުރަކަށް ދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅައް އަރައިވަޑައި ނުގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިލްޔާސް ލަބީބާއީ ރަނިންމޭޓް ހުސައިން އަމްރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު ނ ވެލިދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ އިލިޔާސް ލަބީބު މީހާރު ހުންނެވީ ދެވަނަ ބުރުގައި ކަމަށާއި، އެކި އެކި ބޭފުޅުން ލައްވާ މިހާރު އެ މަނިކުފާނަށް ގުޅޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

“ ދެވަނަ ބުރެއްގައިވެސް އަޅުގަނޑުމެން ނުދާނަން ރައީސް ޞާލިޙް އެކުގައެއް“ މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ވެލިދޫގެ ރައްޔިތުންނާކީ ގޮތެއްގައި ތިއްބެވި ބައެއްކަމަށާއި އެމީހުންގެ ގޮތް ކަނޑުވާލަން ދެތިން ވިޔަފާރިވެރިއަކު މަސައްކަތް ކުރިނަމަވެސް އިރާދަކުރެއްވިޔާ އެކަމެއް ނުވާނެކަމުގައެވެ.

“ އަނެއްކާވެސް އަޅުގަނޑު ތިޔަ ބޭފުޅުންގެ ކައިރިއަށް އައިސް މިހުރީ، ޒުވާން ލީޑަރަކާއެކު، ތަންދޮރު ދަންނަ ބޭފުޅަކާއެކު.“ މުހައްމަދު ނަޝީދު

ހަމައެއާއެކު ރައީސް ޞާލިހު ތިންވަނައަށް ނުލައި އެ ބޭފުޅުން އެކުރައްވާ މަސައްކަތް ހުއްޓަވައި ނުލައްވާނެކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!