ރާއްޖެ އާއި ހިލާފަށް ސޯމާލިޔާގެ މީޑިޔާ ކައުންސިލުން ޓިކްޓޮކާއި ޓެލެގްރާމް މަނާ ކޮށްފި
ދެންމެ | 21 އޯގަސްޓް 2023

ސޯމާލިއާ ގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާއި ޓެލެގްރާމް މަނާކުރުމަށް ސޯމާލިއާ ސަރުކާރުން ނިންމައިފިއެވެ.

ސޯމާލިއާ ސަރުކާރުން މިފަދަ ނިންމުމެއްނިންމައި ކުރި އިއުލާނުގައި ބުނެފައިވާގޮތުން، ޓިކްޓޮކް އާއި ޓެލެގްރާމް އަދި އޮންލައިން ބެޓިން އެޕް މަނާކޮށްފައި ވަނީ އެ އެޕްތައް މެދުވެރިކޮށް ޓެރަރިސްޓުންގެ ޕްރޮޕެގެންޑާ ފަތުރާތީއެވެ.

މިއީ މައި ސެންޓްރަލް ސަރުކާރާ ދެކޮޅަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ލޭއޮހޮރުވާލާ ފިތުނަވެރިކަމެއް ހިންގަމުންދާ އިސްލާމިސްޓް ހަނގުރާމަވެރި ޖަމާއަތް އަލްޝަބާބާ ދެކޮޅަށް އަސްކަރީގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެގޮތުން ސޯމާލިއާގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އޮގަސްޓް 24 ގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންނުކުރެވޭން ގޮތް ހެދުމަށް އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި މިކަން ތަންފީޒު ނުކުރެވިއްޖެނަމަ ޤާނޫނާ ހިލާފުކަމަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!