ކުޅުދުއްފުށިން ޕީޕީއެމް އިސް އެކްޓިވިސްޓުންތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިއްޖެ
ދެންމެ | 24 އޯގަސްޓް 2023

ކުޅުދުއްފުށިން ޕީޕީއެމް އިސް އެކްޓިވިސްޓުންތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިއްޖެ އެވެ.

ކުޅުދުއްފުށިން ޖުމްހޫރީ ޕާޓީ އާއި ގުޅުނު އެކްޓިވިސްޓުންނާއި އެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓް ކުރެއްވުމަށް ފަހު ގާސިމް ވިދާޅުވެފައި ވަނީ މިބޭފުޅުން އެޕާޓީ އާއި ގުޅުމަކީ ބޮޑުތިލަދުންމަތިން ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

“ޕީޕީއެމް ކުޅުދުއްފުށީ މައި އެއް ތަނބު ކަމުގައިވާ، ރަޝާދު އަދި އެންމެފަހުން ބޭއްވި ލޯކަލްކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ކުޅުދުއްފުށީ މޭޔަރ ކެންޑިޑޭޓް އަކަށް ކުރިމަތިލެއްވި އިޤްބާލު، އަދި ޒުވާން ނަބީލުއާއި ޓީމް އަޅުގަނޑުމެންނާ ގުޅުމަކީ ކުޅުދުއްފުށިންނާއި ބޮޑު ތިލަދުންމަތިން، އަޅުގަނޑުގެ ކެންޕޭން އަށާއި، ޖުމްހޫރީ ޕާޓީއާއި، އަޅުގަނޑުމެންގެ ސިޔާސީ އިސްލާހީ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް.“ ގާސިމް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އިންތިހާބު ކުޑަތަން ވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްހޫރީ ޕާޓީއަށް ދަނީ ގިނަ ބަޔަކު ގުޅެމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!