ރޮޒައިނާއަށް ގޯތި ދީގެން ޖޯކް ޖަހަނީ އިހްސާސް ކެނޑިފައި ތިބި ބައެއް: މަހްލޫފް
ދެންމެ | 24 އޯގަސްޓް 2023

ނިކަމެތިންނަށް ގޯތި ދިނުމުން ޖޯކު ޖަހަނީ އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތް މީހުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން މަހްލޫފް ވިދާޅުވީ ގޯތި ލިބުމުން މީސް މީޑިއާގައި ޖޯކު ޖަހާ, މަލާމާތްކޮށް ހަދާއިރު ނިކަމެތި މީހާ އެޅޭ ހާލު ވިސްނާލަން ޖެހޭ ކަމަށެވެ.

އަދި މާލޭގައި 1200 އަކަފޫޓުގެ ގެތަކުގައި 20 މީހުން ވެސް ދިރިއުޅެމުންދާ ކަމަށާއި އެމީހުންނަށް މާލެއިން ބިންކޮޅެއް ދިނުމުން އެއީ އެކަން މައްސަލައަކަށް ހަދާ މީހުންގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެެ.

”މާލެ ރައްޔިތުންނަށް މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާ އެ ބިމުގަ ރަނގަޅު ގެދޮރު ބިނާކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމަށް މި މާލެއިން ބޮޑުކޮށް ނިންމަން އެބަ ޖެހޭ“ މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ރިޔާސީ އިންތިހާބު ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!