ރައީސް އިބުރޭ ބަލިވެ، ނަސީދާއި ޑިމޮކްރެޓިކަށް ހަމަލާދޭން ފަށައިފި
ދެންމެ | 24 އޯގަސްޓް 2023

ބަދަލުކުޅުންތެރިންނާއެކު އިންތިޚާބު ކާމިޔާބުނުވާނެކަމަށާއި އަރުއްވަން ޖެހޭނީ ފުލް ޓީމުކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ ދޫކޮށް ވަކިން ވާދަކުރައްވާ ކެންޑިޑޭޓުންނާ ދޭތެރޭ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

”އަޅުގަނޑުމެންގެ ތެރެއިން ނިކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި މީހުންގެ ވިސްނުން ހުރި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. އެކެއް, ދޭއް, ތިނެއް, މިހިސާބަށް ވެސް އަޅުގަނޑުމެން އަދި ކިޔާނެ ކަމެއް ނެތް. މިއިން ހިސާބަކަށް ވެސް އަޅުގަނޑު ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނަކަށް މިފަހަރަކު އާދެވޭނެ ކަމަށް،“ ރައީސް ޞާލިޙް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި އެޕާޓީގެ ޕްރައިމަރީއިން ރައީސް ނަޝީދުއަށް ނާކާމިޔާބުލިބި ވަޑައިގެންނެވުމުން، އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން އުފެއްދެވި ޕާޓީއެކެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިހާބަކީ އޭ ޑިވިޝަނުގެ މެޗެއް ކަމަށާއި އެހެންކަމުން ބަދަލު ކުޅުންތެރިން އަރުވައިގެން އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

”ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށް ވަންޏާ މިއުޅެނީ އޭ ޑިވިޝަނުގެ މެޗެއް. އިނގިރޭސިވިލާތުގެ ވެއްޖިއްޔާ ޕްރެމިއާ ލީގު މިކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ. ފުލް ޓީމް ކުޅެން އަރަންވާނީ. އަޅުގަނޑުމެން މިތިބީ ފުލް ޓީމް އަރުވައިގެން،“ ރައީސް ޞާލިޙް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީ ތެރޭގައި އައި ކުޑަ ލޮޅުމުގައި, ހުޅުދުއްފާރުގެ އެމްޑީޕީ މެންބަރުންނަށް ވެސް އޭގެ އަސަރު ކޮށްފައި އެބަހުރި ކަމަށާއި އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން އިތުރަށް ވިސްނެވުމަށް ރައީސް ޞާލިޙް އެދިވަޑައިގަތެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!