ބުރުގާ އާއިއެކު އޮރިޔާން ހެދުމާއި ވަހުސީ ނެށުން ތަކުން އީދު ފާހަގަ ކޮށްފި
ދެންމެ | 30 ޖޫން 2023

ބުރުގާ އާއިއެކު އޮރިޔާން ހެދުން އަޅައިގެން ވަހުސީ ނެށުން ތަކުން އީދު ފާހަގަ ކޮށްފި އެވެ.

ސޯސިއަލް މީޑިޔާއިން އާއްމްވެފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި ސްޓޭޖް ސޯ އެއްގައި ދިވެހި 3 އަންހެނުން ފޯރި އާއި އެކު ނަށަމުން ދިޔަ އިރު 2 އަންހެނުން ތިބީ ބުރުގާ ތުރުކޮށްގެންނެވެ.

ސޯ ބަލަން އެއްވެފައިވާ މީހުންގެ އަޑު ވީޑިޔޯއިން އިވެމުންދާއިރު ބުރުގާ ބާލައިގެން ނަށަން އެރިނަމަ މާ ރަގަޅުވާނެ ކަމަށް ބުނެ މީހަކު ހަޅޭލަވާ އަޑު އިވެ އެވެ.

ސޯސިއަލް މީޑިޔާއިން ދައުރު ވަމުންދާ ވީޑިޔޯއިން އެއީ ގއ. ވިލިގިލީގައި ކުރިއަށް ގެންދިޔަ އީދު ސޯ އެއް ކަން ފާހަގަވެ އެވެ.

ވަހުސީ ގޮތަކަށް ނަށަން ތިބި އަންހެން ވެރިންގެ ފަހަތުގެ ސްކުރީންގައި ބޮޑު އީދު ކަމަށާއި ގއ. ވިލިގިލި ކަމަށް ލިޔެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!