މުއިއްޒަކީ ނުރައްކާތެރި ޖަމާއަތްތަކާއި ގުޅުން އޮންނަ މީހެއް: ބަގުރޫޓް ފައްޔާޒު
ދެންމެ | 02 ސެޕްޓެމްބަރ 2023

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ނުރައްކާތެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ބޭފުޅެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ބަގުރޫޓް ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ބަގުރޫޓޭ  ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ނަމުގައި މުއިއްޒު ވާދަކުރެއްވި ނަމަވެސް މުއިއްޒުއަަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނޫންކަމަށެވެ. އަދި މުއިއްޒުއަަކީ ނުރައްކާތެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ބޭފުޅެއްކަމަށް ވިދާޅުވެ، ފައްޔާޟް ވަނީ މުއިއްޒުއަަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

”އެއީ މި ގައުމުގައި އުފެދިފައިވާ ހައްދުފަހަނައަޅާފައިވާ ޕާޓީތަކާއި ކްރިމިނަލް ނެޓްވޯކްތަކުގެ ކެންޑިޑޭޓެއް. މި ވާހަކަ ދައްކަން ޖެހޭ.“ ބަގުރޫޓް ފައްޔާޟް ވިދާޅުވިއެވެ.

މި ސަރުކާރުން ގާނޫނީ އިމުގެތެރޭން މަސައްކަތް ކުރެއްވިކަން ހާމަކޮށްދެއްވަމުން ފައްޔާޟް ވިދާޅުވީ ޣާޒީއެއް ހައްޔަރު ނުކުރާ ވެރިކަމެއް މީގެ ކުރިން ރާއްޖެއިން ފެނިފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފުަރަތަމަ ދައުރު ނިންމާލާއިރު އެފަދަ ކަމެއް ހިނގާފައި ނެތްކަން ފައްޔާޟް ފާހަގަކުރެއްވިއެެވެ.

“ އަޅުގަނޑުމެން ކިތައް ޣާޒީން ތޯ ހައްޔަރުކުރީ. އަޅުގަނޑުމެން ހައްޔަރުކުރީ ކުރާ ނުރަނގަޅު ޢަމަލުތައް.“ ފައްޔާޟް ވިދާޅުވިއެވެ.

ބަގުރޫޓް ފައްޔާޟް ވިދާޅުވީ ސެޕްޓެމްބަރު 9 ގައި އެމްޑީޕީން އިންތިހާބު ކާމިޔާބުކުރާނީ އައްޑޫ އަދި މާލޭގެ ބޮޑު މެޖޯރިޓީއާއެކު، ބޮޑު އަޣުލަބިއްޔަތުން ކަމަށެވެ. އެގޮތުން ފުަރަތަމަ ބުރުންވެސް 56 އިންސައްތަ ވޯޓް ހޯއްދަވާނޭކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!